March 15, 2026
Advertisement
ރައްޔިތުންނަށް އެންސްޕާވެސް ނުލިބޭ، ސަރުކާރުން ދަނީ ސަލަފަށް ފައިސާދެމުން: ރައީސް ޔާމީން
ރައްޔިތުންނަށް އެންސްޕާވެސް ނުލިބޭ، ސަރުކާރުން ދަނީ ސަލަފަށް ފައިސާދެމުން: ރައީސް ޔާމީން / ސޯޝަލް މީޑިއާ

ރައްޔިތުންނަށް އެންސްޕާވެސް ނުލިބޭ، ސަރުކާރުން ދަނީ ސަލަފަށް ފައިސާދެމުން: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 13, 2025, 11:17 PM
މާލެ ސިޓީ

ދިވެހި ދައުލަތުގެ ފައިސާ ނެތް ކަމަށް ބުނެ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންސްޕާގެ އެހީ ފަދަ އަސާސީ ހައްގުތަކުން ރައްޔިތުން މަހްރޫމުކުރުމަށް ފަހު ސަރުކާރުން ގެންދަނީ ސަލަފު ފަދަ ސަރުކާރު ޕްރޮމޯޓުކުރާ ޖަމްއިއްޔާތަކަށް ފައިސާ ދެމުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ޕިއެންއެފުން ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމު ދަރާ ވިކިފައިވާތީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތުން، އެ ރައްޔިތުންގެ އަސާސީ ހައްގުތަކުން ވެސް ސަރުކާރުން މަހްރޫމު ކޮށްފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ ފައިދާއަށް އެކި ޖަމްއިއްޔާތަކަށް ފައިސާގެ ބޮޑެތި އަދަދުތައް ދެމުން އައުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ރައްޔިތުން ދަތި ހާލުގައި ތިއްބަވާ ސަރުކާރުން ސަލަފް ޖަމްއިއްޔާއަށް ބޮޑު އަދަދުން ފައިސާ ދޫކުރާކަމަށް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެއީ ރިޝްވަތު ކަމަށާ އެފަދަ ފައިސާއެއްގައި ސަލަފީންނަށް އަތްލަންވެސް ކެރޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެރިން ފާލުން ނެއްޓުމުން ހަމަމަގަށް އަޅުވަން ތިބެނީ ގައުމުގެ ދީނީ އިލްމުވެރިންކަމަށްވާއިރު އެ ދީނީ އިލްމުވެރިންވެސް ރިޝްވަތުގެ ޝިކާރަވެރިންނަށް ވުމުން މުޅި ގައުމުގެ ހަލާކު އައިސް ޖެހިއްޖެ ކަމުގެ އިހްސާސު ކުރެވޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved