March 19, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި.
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި. / ތޭރަ އޮންލައިން

އިންޑިއާ ސިފައިންނަކީ ރައީސް ސޯލިހު ދައުވަތު ދީގެން ރާއްޖޭގައި ތިބި ބައެއް: ރައީސް ޔާމީން

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 7, 2024, 04:38 AM
މާލެ ސިޓީ

ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ގާއިމުވެ ތިބި އިންޑިއާގެ ސިފައިންނަކީ، ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ދައުވަތުދެއްވައިގެން އައިސް ތިބި ބައެއްކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ތުހުމަތުކުރައްވައިފިއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އެމަނިކުފާނު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ގާއިމުވެ ތިބި ސިފައިންގެ ފަހަތުގައި ހުރި ކުރީގެ ރައީސް ސޯލިހު ކަމަށެވެ.

ރާއްޖޭގައި ގާއިމުވެ ތިބި ސިފައިންނަކީ ރައީސް ސޯލިހު ދައުވަތު ދީގެން އައިސް ތިބި ބައެއް

ރައީސް ޔާމީން

އިތުރަށް ރައީސް ޔާމީން ވަނީ ކުރީގެ ސަރުާރުން އިންޑިއާ އާއި އެކު ސިއްު އެއްބަަސްވުންތަކެއް ވެސް ވެފައިވާ ކަމުގެ ތުހުމަތު ވެސް ކުރައްވާފައެވެ

އިންޑިއާ ސިފައިން ރާއްޖޭގެ އެކި ސަރަހައްދުގައި ތިބުމަކީ ރައީސް ޔާމީން ފެށުނީއްސުރެ އަކަމާއި ދެކޮޅަށއް އަޑު އުފުލާ ކަމަކެވެ.

އެގޮތުން ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕެއިނަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved