އާމިނަތު ނަމްޒާ / އެޑިއުކޭޝަން މިނިސްޓްރީ
ހަބަރު
ޕީއެސްއެމްގެ ޗެއާޕާސަންގެ މަގާމަށް ނަމްޒާ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
23 ޑިސެމްބަރު 2024
މާލެ ސިޓީ

ޕަބްލިކް ސާވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާޕާސަންގެ މަގާމަށް މ. ހަނީކޯމްބް، އާމިނަތު ނަމްޒާ މިއަދު އައްޔަނު ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ ޕީއެސްއެމްގެ ބޯޑާއި ޗެއާޕާސަންގެ މަގާމަށް، ޕްރެޒެންޓަރު ނަމްޒާ ހަމަޖައްސާފައިވާ ކަމަށެވެ.

ނަމްޒާ އެ މަގާމަށް އައްޔަނު ކުރެއްވިއިރު ހުންނެވީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. މި ސަރުކާރު ފެށުނުއިރު ނަމްޒާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ނަމަވެސް އެ މިނިސްޓްރީގައި ފެންމަތިވި މައްސަލަތަކާ ގުޅިގެން އޭނާ ލޯކަލް ގަވަމަންޓް މިނިސްޓްރީއަށް ބަދަލު ކުރި އެވެ.

ޕީއެސްއެމްގެ މޭނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވުމާއި ގުޅިގެން އެ މަގާމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އެ ތަނުގެ ސޭލްސް އެންޑް މާކެޓިންގެ ވެރިޔަކަށް މިހާތަނަށް ހުންނެވި އިބްރާހިމް ނަސްރީން (ނައްޓު) ވަނީ އައްޔަންކޮށްފަ އެވެ.

ނަސްރީނަކީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީއަކަށް ވަޑައިގަންނަވާ ތިން ވަނަ ބޭފުޅާ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved