May 3, 2026
Advertisement
ޕޮލިސް
ޕޮލިސް / ޕޮލިސް

އާ އަހަރާ ދިމާކޮށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 25, 2024, 05:28 PM
މާލެ ސިޓީ

އާ އަހަރާ ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް, ވިއްކާ ވިޔަފާރިކުރުން އިތުރުވެގެން ދާނެކަމަށް ބެލެވޭތީ ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

Advertisement

ފުލުހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އެފަދަ މައްސަލަތަކެއް އާ އަހަރާ ދިމާކޮށް އިތުރުވެދާނެތީ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މެރިން ޕޮލިހާއި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަންގައި ހުޅުމާލޭގެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެ އަށް ބަނގުރާ އަރުވައި، ވިއްކާ ކަމަށް ޝައްކު ކުރެވޭ ކެފޭ/ރެސްޓޯރަންޓްތައް މޮނީޓާކޮށް ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.

އާ އަހަރާ ދިމާކޮށް މާލޭގައި ބަނގުރާ ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށްތައް އިތުރުވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ. މިކަން ކޮންޓްރޯލުކުރަން ކޮންމެ އަހަރެއްގެ ފަހުކޮޅު ވެސް ފުލުހުން މިފަދަ އޮޕަރޭޝަންތައް ހިންގަ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved