އެންސީއައިޓީގެ އެކްސް ހެންޑްލް ހެކްކޮށް ދަނީ ބިޓް ކޮއިންގެ މުއާމަލާތްތައް ކުރަމުން / ސޯޝަލް މީޑިއާ
ހަބަރު
އެންސީއައިޓީގެ އެކްސް އެކައުންޓު ހެކޮކޮށްފި، ކުރިއަށް ދަނީ ބިޓްކޮއިންގެ މުއާމަލާތްތައް!
Mariyam Isaadha
މަރިޔަމް އިސާދާ
26 ޑިސެމްބަރު 2024
މާލެ ސިޓީ

ދައުލަތުގެ މައުލުމާތުތައް ބަލަހައްޓާ، ދައުލަތުގެ އޮފީސްތަކަށް އައިޓީ ހިދުމަތްތައް ފޯރުކޮށްދީ ދައުލަތުގެ އައިޓީ އިންފްރާސްޓަކްޗާ ގާއިމުކުރުމުގެ މަސައްކަތް ކުރާ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ރަސްމީ އެކްސް އެކައުންޓު ހެކުކޮށްފިއެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވެސް އަދި އެ އިދާރާއިން ވެސް މައުލޫމާތު ހިއްސާކޮށްފައި ނުވި ނަމަވެސް މިކަން ހިނގާފައިވަނި ރޭ ފަތިހުން ފެށިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެކައުންޓު ހެކު ކުރި މީހުން މިހާރު ވަނީ އެކައުންޓުގެ ނަމާއި ޕްރޮފައިލް ފޮޓޯވެސް ބަދަލުކޮށްފައެވެ. ނަމަވެސް އެންސީއައިޓީގެ ކުރީގެ ޕޯސްޓުތައް އަދިވެސް ފެންނަން އެބަހުއްޓެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީން މިފަދަ ކަންކަން ހުއްޓުވުމަށް ކުރަނީ ކޮން މަސައްކަތެއްތޯ އަދި މިފަދަ ހާލަތެއްގައި އޮތް އިދާރާއަކަށް ދައުލަތުގެ އަދި ރައްޔިތުންގެ މައުލޫމާތުތައް ރައްކާތެރިކުރެވޭނެތޯ ދާއިރާއަސް ނިސްބަތްވާ ގިނަ ބަޔަކު ސުވާލުއުފައްދައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved