
މާލީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް ވޯލްޑް ބޭންކުން ދިވެހިރާއްޖެއަށް ގޮވާލައިފިއެވެ.
ވޯލްޑް ބޭންކުގެ ސައުތް އޭޝިއާގެ ވައިސް ޕްރެޒިޑެންޑް މާޓިން ރެއިސާ ރާއްޖެއަށް ކުރެއްވި 4 ދުވަހުގެ ދަތުރުފުޅަށް ފަހު، ވޯލްޑް ބޭންކުން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވޯލްޑް ބޭންކުން ބުނީ މާޓީންގެ ބައްދަލުވުންތަކުގައި ފާޅުކުރެއްވި ކަންބޮޑުވުންތަކަކީ ދައުލަތުގެ ހަރަދު ބޮޑުވުމާއި ބޭރު ފައިސާގެ ރިޒާވްގެ މަދުވުމާއި ދަރަނި ބޮޑުވުން އަދި ދުނިޔޭގެ މާލީ ވުޒާރާތަކުގެ އިންޓަރެސްޓް ރޭޓް މަތިވުމާގުޅިގެން ކުރިމަތިވެދާނޭ ނުރައްކާތަކެވެ.
އެހެންކަމުން އެ ކަންކަމަށް ރިއާޔަތްކޮށް އަވަހަށް ފިސްކަލް ރިފޯމްތައް ގެނައުމުގެ މުހިންމުކަން ވެސް ރެއިސާ ވިދާޅުވި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެކި ދާއިރާތަކުން ރާއްޖެއިން ކުރިއެރުން ހޯދާފައިވާކަން ފާހަގަކުރައްވައި ރެއިސާ ވިދާޅުވެފައި ވަނީ ސިއްހީ ފަރުވާ، ތައުލީމު، ބޯހިޔާވަހިކަން އަދި އެހެނިހެން އާއްމު ހިދުމަތްތައް ދިނުމުގެ ދާއިރާއިން ރާއްޖެއިން ކުރިއެރުން ހޯދާފައިވާ ކަމަށެވެ. ނަމަވެސް:
އެގޮތުން ގައުމުގެ ކުރިއެރުމަށް އެންމެ މުހިންމު ދާއިރާތައް ކަމުގައިވާ ރައްޔިތުންގެ ކުރިއެރުމާއި، ގުދުރަތީ ނިޒާމާއި އުމްރާނީ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ލިބިގަނެވޭނީ އޭރުންކަމަށް ރެއިސާ ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރާއްޖޭގެ އިންސާނީ ވަސީލަތް ހުރީ މި ސަރަހައްދުގެ އެހެން ކުދި ޖަޒީރާ ގައުމުތަކާއި، އާމްދަނީގެ ގޮތުން ވާދަކުރާ ކުދި ގައުމުތަކަށް ވުރެ މަތީގައެވެ. ނަމަވެސް ސަރަހައްދީ އަދި މިންތީގެ ނަހަމަކަން އަދިވެސް ރާއްޖޭގައި ބޮޑުކަން ފާހަގަކޮށްފައިވެއެވެ.
ވޯލްޑް ބޭންކާއި ސަރުކާރުން ގުޅިގެން ނެރެނު ރާއްޖޭގެ ފުރަތަމަ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓު، "ހިއުމަން ކެޕިޓަލް ރިވިއު ފޯ ދަ މޯލްޑިވްސް" ރިޕޯޓުގައި ފާހަގަ ކުރި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހިފައިވާ އިރު އުފެދިފައި ހުރި ފަރަގުތައް ހަނިކުރުމަކީ ހަރަދު އިތުރުކޮށްގެން ހައްލުކުރެވޭނެ ކަންކަމެއް ނޫނެވެ.
އެ ރިޕޯޓާ ހަވާލާދީ ރެއިސާ ފާހަގަ ކުރެއްވި ގޮތުގައި:
ރެއިސާގެ ދަތުރުގައި ބައްދަލު ކުރައްވާފައިވަނީ، ރައީސް މުހައްމަދު މުއިއްޒުއާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުއާ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ގުޅޭ މިނިސްޓަރު ތޯރިގް އިބްރާހިމުއާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ އެހެން ޑިވެލޮޕްމެންޓް ޕާޓްނަރުންނާއެވެ.










