March 15, 2026
Advertisement
މުހައްމަދު މައިޒަރު އާދަމް
މުހައްމަދު މައިޒަރު އާދަމް / ޝަފްރާޒް | ތޭރަ އިމޭޖްސް

ޒުވާނުންނަށް މުއިއްޒުވެފައިވަނީ "ނާއުއްމީދަަކަށް" : މައިޒަރު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 28, 2024, 08:29 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މިހާރު ވެފައިވަނީ ދިވެހި ޒުވާނުންނަށް ނާއުއްމީދަކަށް ކަމަށް، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޒުވާން މެމްބަރު މުހައްމަދު މައިޒަރު އާދަމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަަކަ ދައްކަމުން ޕީއެންއެފްގެ އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި ހިމެނޭ މައިޒަރު ވަނީ މި ސަރުކާރުން ޒުވާނުންނާ މެދު އިހުމާލުވަމުންދާ ދިއުމަށް ނަޒަރު ހިންގާލާ ވާހަކަ ދައްކަފާއެވެ.

އެގޮތުން މައިޒަރު ހާމަކުރި ގޮތުގައި ޒުވާނުންގެ ވޯޓާ އެކު ވެރިކަމަށް އައިސް ޒުވާނުންގެ އުއްމީދުތަކުގައި އަދުގެ ރައީސް، މުއިއްޒު ކޮޅުފައިން ޖަހައިފި ކަމަށާ އެހެންކަމުން ޒުވާނުން ސަރުކާރާ މެދު ކުރަމުން އައި އުއްމީދުތައް ވިއްސި ވިހާލިވެ ޒުވާނުން މާޔޫސްވެއްޖެ ކަމަށެވެ.

އަޅުގަޑު ހިތަށް އަރަނީ މިހާރު ޒުވާނުންނަށް ކޮން ކަމެއްބާއޭ މި ސަރުކަރުން ކޮށްދެނީ. ކޮބައިތޯއޭ މި ސަރުކާރުގައި ޒުވާނުންނަށް ފަހި މަގެއް. މިހާރު މި އެނގެނީ ޒުވާނުންނަށް މުއިއްޒުވެފައި މިއޮތީ ނާއުއްމީދަކަށްކަން. ޒުވާނުންނަށް ވާ އެއްކަމެއްވެސް މި ސަރުކާރުގައި ނެތްކަން.

މައިޒަރު

"ޒުވާން މައިޒަރު" ހާމަކުރި ގޮތުގައި ރައީސް މުއިއްޒުގެ ކިބައިން ފެންނަމުން ދަނީ މުޅިން ވެސް އުނބަށް ޖަހާ މަންޒަރު ކަމަށާ އެކަމުންވެސް ރައީސް މުއިއްޒުގެ ނާގާބިލުކަން ހާމަވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved