March 18, 2026
Advertisement
ސައުދީ ހޫނުމިން 40ޑިގްރީ އަށް ވުރެ މަތީގައި
ސައުދީ ހޫނުމިން 40ޑިގްރީ އަށް ވުރެ މަތީގައި / ސޯޝަލް މީޑިއާ

އެންމެ ގިނަ މީހުން މިހާތަނަށް އުމްރާއަށް ގޮސްފައިވަނީ މި ޑިސެމްބަރު މަހު: ޑރ ޝަހީމް

Aminath Zara
އައިމިނަތު ޒާރާ
Dec 29, 2024, 07:18 PM
މާލެ ސިޓީ

މިއަހަރުގެ ޑިސެމްބަރު މަހު 6373 މީހުން އުމްރާއަށް ގޮސްފައިވާ ކަމަށާއި މިހާތަނަށް އެންމެ ގިނަ މީހުން އުމްރާއަށް ގޮސްފައިވަނީ މި ޑިސެމްބަރު މަހުގައި ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކުގެ ހަވާލުގައި މައްކާއަށް 6373 މީހަކު ގޮސްފައިވާ ކަމަށާއި، އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ޑިސެމްބަރު މަހަކީ ސްކޫލްތައް ބަންދު ދުވަސްވަރެެއް ކަމުން އުމްރާގެ އަޅުކަމަށް ރާއްޖެއިން ދާ މީހުން މި ދުވަސްވަރު އާންމު ގޮތެއްގައި އިތުރުކަން ފާހަގަކުރެވެއެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ކަންކަމާއި، އެފަރާތްތަކަށް މައްކާގައި އަޅުކަމުގައި އުޅޭއިރު ދިމާވާ ދަތިތަކާއި އެހުރިހާ ކަންކަމެއް ވަޒީރު ޑރ. ޝަހީމް ގެންދަވަނީ ގާތުން ބައްލަވަމުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ޑިސެމްބަރު މަހު އުމްރާއަށް ދިޔަ ފަރާތެއް ވަނީ ގެއްލި ނަމަވެސް ހެޔޮ ހާލުގައި ފެނިފައެވެ.

އުމްރާއަށް ގެންދާ ކުންފުނިތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުވެ އެކަކު އަނެކަކަށް އެހީތެރިވުމަށްވެސް މިނިސްޓަރ އިލްތިމާސްކުރެއްވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved