April 23, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް / ސޯޝަލް މީޑިއާ

މަލީހުގެ ސުވާލެއް: މުއިއްޒު ކުރާ ވައްކަންތައް ބަލާނެ ފަރާތެއް ނެތީ ތޯ؟

Mariyam Isaadha
މަރިޔަމް އިސާދާ
Dec 31, 2024, 09:12 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ އެހެން ޕާޓިތަކުގެ މެމްބަރުން ވަގަަށް ޕީއެންސީއަށް ވައްދަމުންދާ މައްސަލައިގައި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހުގެ ސުވާލެއް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އަމާޒުކުރައްވައިފިއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އޭނާގެ އަނބިކަނބަލުންވެސް، ވަގަށް ޕީއެންސީއަށް ވައްދާފައި އޮތްކަން ފާހަގަކުރައްވާފައެވެ. އެކަން ހާމަކޮށްދޭ ސްކްރީން ޝޮޓުތަކާ އެކު މަލީހު ވިދާޅުވެފައިވަނީ، އިނގިލީގެ ނިޝާނާއި ސޮއެ ފޯޖްކުރުމަކީ ޤާނޫނީ ކުށެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ކުރާ ވައްކަންތައް ބަލާނެ ފަރާތެއް ނެތީ ތޯއައްސާވަފައެވެ.

މަލީހު ތުހުމަތުކުރައްވާ ގޮތުގައި މިކަން މި މަގަުން ހިނގަނީ ހޯމް މިނިސްޓަރ އަލީ އިހުސާނުގެ ބެލުމުގެ ދަށުން މިކަންދާކަތީ ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު މެމްބަރުންނަށް ނޭނގި ސޮޔާ އިނގިލީގެ ނިޝާން ފޯޖުކޮށްގެން ސަރުޚާރު ހިންގާ ޕާޓީއަށް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ވައްދާފައިވާތީ އެ ޕާޓީއިން ވެސް ވަނީ މި މައްސަލަ ބަލާ ތަހުގީގުކުރުމަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved