March 22, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާއެއްގައި ވާހަކަ ފުޅުދައްކަވަނީ
ރައީސް ޔާމީން ޕީއެންއެފް ޖަލްސާއެއްގައި ވާހަކަ ފުޅުދައްކަވަނީ / ތޭރަ އޮންލައިން

މޫސުން ގޯސްވެ މިރޭ ބާއްވަން ހަމަޖެހިފައިވާ ޕީއެންއެފްގެ ޖަލްސާ ކެންސަލް ކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 3, 2025, 12:28 AM
މާލެ ސިޓީ

މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭ ބާއްވަން ހަމަޖެހިފައިވާ ޕީއެންއެފްގެ ޖަލްސާ ކެންސަލް ކޮށްފި އެވެ.

Advertisement

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން މިއަދު ވެސް ދެ އެލާޓް ނެރެ، ސަމާލުވާން ވަނީ އެދިފަ އެވެ.

ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން، އާ އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ.

މާލެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިރޭ ބާއްވަން ތާވަލުކުރި ޖަލްސާ ކެންސަލު ކޮށްފައިވާ ކަމަށް ޕީއެންއެފުން މައުލޫމާތު ދެ އެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ.

ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved