April 3, 2026
Advertisement
ޕީޕީއެެމް-ޕީއެންސީން އައްޑޫއަށް ކުރި ދަތުރުގެ ތެއިން މުއިއްޒު އާއި އަބްދުއްރަހީމް - ދައުރު ނޫހުގެ ފޮޓޯ އެއް
ޕީޕީއެެމް-ޕީއެންސީން އައްޑޫއަށް ކުރި ދަތުރުގެ ތެއިން މުއިއްޒު އާއި އަބްދުއްރަހީމް - ދައުރު ނޫހުގެ ފޮޓޯ އެއް / ފޭސްބުކް

ޑީއެންއާރު ވައްކަން: އަނެއްކާވެސް އިތުރު މައްސަލައެއް ފެންމަތިވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Jan 6, 2025, 09:04 PM
މާލެ ސިޓީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ޑީއެންއާރުން ވައްކަން ކުރާކަމުގެ ތުހުމަތުގެތަކުގެ އަޑު ގަދަވެފައިވަނިކޮށް އެކަމާއި ގުޅޭ އިތުރު މައްސަލައެއް ފެންމަތިވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ އާންމު ރައްޔިތަކު އެކަމާއި ނުރުހުން ސޯޝަލް މީޑިއާގައި ފާޅު ކުރުމުންނެވެ.

އެ ޕޯސްޓުގައި ޕީއެންސީން ޕާޓީއަށް އެއްލައްކަ މީހުން ހަމަ ކުރާ ގޮތާއި މެދު ސުވާލު އުފައްދައި ދުވަހަކުވެސް ޕީއެންސީއަށް ސޮއި ނުކުރާކަމަށް ބުނެފައިވެއެވެ. އެއާއިއެކު ފޯމުގައި ބޭނުން ކޮށްފައިވާ ފޮޓޯއަކީ 2017 ވަނަ އަހަރު ޑީއެންއާރަށް ދިން ފޮޓޯގަނޑެއްކަން ހާމަކޮށް ޑީއެންއާރުން ވައްކަން ކުރާ ކަމަކީ %100 ތެދެއްކަން ހާމަވާވާކަމަށް ބުނެ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

ޕީއެންސީން މި ފަހުން 50،000 އަށް ވުރެ ގިނަ މެންބަރުން އެ ޕާޓީއަށް ހަމަކޮށްފައި ވާއިރު އެހެން ޕާޓީތަކުގެ މެންބަރުން އެ ޕާޓީއަށް ވައްދާފައިވާކަމުގެ މައްސަލަވަނީ ބޮޑުވެފަ އެވެ. އަދި ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް އެ ޕާޓީން މިދުވަސްވަރު ޕީއެންސީގެ ބައެއް ފަރާތްތަކުން މީހުންގެ ސޮއި ފޯޖްކޮށް ފޯމް ފުރަމުންދާކަމަށް ބުން ސޯޝަލް މީޑިއާގައި ފާޑުކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. މި މަސައްކަތް ކުރަނީ ސަރުކާރުގެ އިދާރާތަކުގެ ތެރޭގައިކަމާއި އެކަން ކުރަނީ ސިޔާސީ މުވައްޒަފުންކަމަށްވެސް ރައްޔިތުން ތުހުމަތު ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved