March 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / އަވަސް.އެމްވީ

އެމަނިކުފާނާއި އެކު އިންޓަވިއު ކުރެއްވުމަށް ވިއޮނަށް ރައީސް ޔާމީން ދައުވަތު އަރުވައިފި

Hussain Nawaf
ހުސައިން ނަވާފް
Jan 6, 2025, 09:46 PM
މާލެ ސިޓީ

ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް އަދި އެމަނިކުފާނާއި އެކު އިންޓަވިއު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންޑިއާގެ ނިއުސް ޗެނަލް ވިއޮނަށް ދައުވަތު އަރުވައިފި އެވެ.

Advertisement

މިކަން ހާމަވެފައިވަނީ ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކުރެއްވި ޓްވީޓެއްގައިއެވެ. އަދި އެ ޓްވީޓުގައި ވިއޮންގެ ފޮރިން އެފެއާޒް އެސިސްޓަންޓް އެޑިޓަރު ސިދާންތް ސިބަލް ޓެގު ކުރައްވާފަވެ އެވެ

އެކަމާއި ގުޅިގެން ވިއޮންއިންވަނީ ރައީސް ޔާމީނާއެކު އޮންލައިން އިނޓަވިއުއެއް ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެކަމާއި ގުޅިގެން ގެނެސްދިން ހާއްސަ ބްރޭކިން ސެގްމަންޓެއްގައި ހާމަކޮށްފައި އެވެ.

ދާދި ފަހުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުވަނީ ވިއޮނަށް އިންޓަވިއުއެއް ދީފައެވެ. އެ އިންޓަވިއުގައި ޕީޕީއެމުން އޮޕޮޒިޝަންގައި އޮވެ ހިންގެވި އިންޑިއާ އައުޓް ކެމްޕެއިނު ލީޑު ކުރެއްވީ ރައީސް ޔާމީންކަމަށް ވިދާޅުވެ މިއަދުގެ ސަރުކާރުގެ އެއްވެސް ހިއްސާއެއް އެ ކެމްޕެއިނުގައި ނޯންނާނެކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved