April 3, 2026
Advertisement
ހދ. ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް 7 ކިލޯމީޓަރު ދުރުގައިވާ ކޭލަކުނު، 6 ޖެނުއަރީގައި އަދި 2024ވަނަ އަހަރު ނޮވެމްބަރު މަހުގައި ފެންނަން އޮތްގޮތް
ހދ. ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް 7 ކިލޯމީޓަރު ދުރުގައިވާ ކޭލަކުނު، 6 ޖެނުއަރީގައި އަދި 2024ވަނަ އަހަރު ނޮވެމްބަރު މަހުގައި ފެންނަން އޮތްގޮތް / މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް

ދުންފުހުގެ ސަބަބުން ވައި ނުސާފުވެ ހަމަ ލޮލަށް ފެންނަ ދުރުމިން ދަށްވެއްޖެ: މެޓު އޮފީސް

Hussain Nawaf
ހުސައިން ނަވާފް
Jan 7, 2025, 06:25 PM
މާލެ ސިޓީ

އިރުވައި މޫސުމުގެ ދުންފުހުގެ ސަބަބުން ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ދަށްވެއްޖެކަމަށް މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސަސް މެޓު އޮފީހުން ބުނެފިއެވެ.

Advertisement

އެގޮތުން ހަމަ ލޮލަށް ފެންނަ ދުރުމިން ގާތްގަނޑަކަށް 3 ކިލޯމީޓަރު ދަށްވެފައިވާކަމަށާއި އަދި ކުރިއަށް އޮތް ދުވަސްވަރު މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރިގެންދާނެކަމަށް ލަފާ ކުރެވޭކަމަށް މެޓު އޮފީހުން ހާމަކުރިއެވެ.

ކޮންމެ އަހަރެއްގައިވެސް އިރުވައި މޫސުން ފެށޭ ދުވަސްވަރު ޖައްވު ނުސާފުވެއެވެ. ޖައްވު ނުސާފުވެ ވައި ތަގައްޔަރުވަމުންދާތީ މާސްކު އެޅުމަށް ސިއްޙީ މާހިރުން އިރުޝާދުދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved