May 30, 2026
Advertisement
އަޅުގަޑާ އެކު ހިތްވަރު ގަދަ ނޫސްވެރިންތަކެއް އެބަތިބި، ނޫސްވެރިކަން މަރައެއް ނުލެވޭނެ: ޝަހްޒާން
އަޅުގަޑާ އެކު ހިތްވަރު ގަދަ ނޫސްވެރިންތަކެއް އެބަތިބި، ނޫސްވެރިކަން މަރައެއް ނުލެވޭނެ: ޝަހްޒާން / ދަ އެޑިޝަން

އަޅުގަޑާ އެކު ހިތްވަރު ގަދަ ނޫސްވެރިންތަކެއް އެބަތިބި، ނޫސްވެރިކަން މަރައެއް ނުލެވޭނެ: ޝަހްޒާން

May 29, 2026, 11:36 PM
މާލެ ސިޓީ

ދިވެހިރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ގާއިމުކުރީ ބައެއްގެ ހިތްވަރުން ކަމަށާ އަދިވެސް އެ ފަދަ ހިތްވަރު ގަދަ ނޫސްވެރިން ގައުމުގައި އުފަންވަމުންދާއިރު، "ޚުުދު މުހުތާރު"  ވެރިއަކަށް ނޫސްވެރިކަން މަރާނުލެވޭނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާއާ ސުވާެއް ކޮށްލުމުން ޖަލަށްލި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހާމަކޮށްފިއެވެ.

Advertisement

ޗެނަލް13ގެ "ގައުމީ ނިދާ" ކަވަރޭޖުގައި ވާހަކަ ދައްކަމުން ޝަހުޒާން ބުނެފައިވަނީ، ޖަލަށް ލުމާއެކު ޖަލުގައި ބިރު ދައްކާ، ކާން ނުޖެހޭ ބޭސްތަކެއް ދީގެން ނަފްސާނީ ކުރަން ކުރި އެއްވެސް މަސައްކަތެއް ސަރުކާރަށް ކާމިޔާބުނުވި ކަމަށާ އޭނާ ހުރީ އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށެވެ.

ލީވާ އާ އޭނާ ޖަލަށް ލައި ރައީސް މުހައްމަދު މުއިއްޒު އުޅެނީ ނޫސްވެރިންނަށް ބިރު ދައްކާ ނޫސްވެރިން "ސްކޯޕެއް" ގައި ބައިތިއްބަން ކަމަށާ "ގެގް" އޯޑަރުވެސް ނޫސްވެރިންގެ ބައްދަލުވުން އޮންނަ ދުވަހާ ދިމާކޮށް ކުރީ ރޭގެ ލަސް ގނަޑިއެއްގައި ކޯޓުން ނެރުވީވެސް ނޫސްވެރިންގެ ދުލުގައި ތަޅު އަޅުވަން ކަމަށްވެސް ޝަހުޒާން ބުނެފައިވެއެވެ.

ޝަހުޒާން އިތުރަށް ބުނީ އޭނާ ސާބިތުކޮށްދިނީ އޯޑަރަކުން ވެސް އެހެން ގޮތަކުންވެސް ނޫސްވެރިންގެ ދުލުގައި ތަޅު ނޭޅުވޭނެ ކަން ކަމަށާ، އޭނާ ޖަލަށް ލުމާ އެކު ނޫސްވެރިކަމުގެ ދިފާއުގައި އޭނާގެ އާއިލާއާ އެކު މަގުތައް މައްޗަށް އެތައް ނޫސްވެރިންނެއް ނުކުތުމުން އޭގެން ދޭހަވަނީ ނިކަން ހިތްވަރު ގަދަ ނޫސްވެރިން މިހާރުވެސް އެބަ ތިބި ކަން ކަމަށް ވެސް ޝަހުޒާން ބުނެފައިވެއެވެ.

ފެހި ގާނޫނު އަސާސީ ވުޖޫދުވުމުގެ އެންމެ މައިގަޑު އަސާސަކީ ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ޖެހި ގޮން ކަމަށްވީ ހިނދު އޭރު ހިތްވަރު ގަދަ އެތައް ބަޔަކު ނުކުމެ ގައުމުުގައި އެ މިނިވަންކަން ހޯދާ ނޫސްވެރިކަމުގެ މިނިވަން އިޔާދަ ކުރި ކުރުން ހިތްވަރު ގަދަ ނޫސްވެރިން މިއަދު ނުކުމެވެސް ދަމަހައްޓާ އިޔާދަ ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ޝަހުޒާން ވަނި ބުނެފައެވެ.

އޭނާ ޖަލުން ނުކުމެ މިހާރު މަސައްކަތްކުރަމުން ދަނީ ސިޔާސީ ޕާޓީތަކާ އެކުވެސް މަޝްވަރާތައްކޮށް ގައުމުގެ ކަންކަން ހައްލުކުރުމަށް ނޫސްވެރިކަމުގެ ތެރެއިން މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް ބުނެ ޝަހުޒާން ބުނެފައިވަނީ ދައުލަތުން ކިތަންމެ ޗަރުކޭހެއް ކުޅުނަސް ނުސްވެރިކަން މިގައުމުގައި މަރާނުލެވޭނެ ކަމަށާ ވިއްޔާ ދައުލަތް ވާނީ ވަރުބަލި ކަމަށެވެ.

ޝަހުޒާން ވަނީ އޭނާ ޖަލުގައި ހުރި ހުރުމުގައި އެތަނުގެ ތެރެއިން ކުރެވުނު ތަޖުރިބާއާ އެކު ޖަލުގައި ގައިދީންނަށް ވަމުންދާ އިހުމާލުތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވާ އެ ވާހަކަތައް ރިޕޯޓުކުރާނެ ކަމަށް ވެސް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved