May 29, 2026
Advertisement
އަލީ އާދަމްގެ ރައްދެއް އާޒިމާއަށް: ކުރިއާ މިހާރުގެ "ތޯޓްސް" ބަދަލުވަނީ، އަމިއްލަފުޅަށް ލިބިވަޑައިގަންނަވާ މަންފާގެ ބޮޑުކަމުންތޯ؟
އަލީ އާދަމްގެ ރައްދެއް އާޒިމާއަށް: ކުރިއާ މިހާރުގެ "ތޯޓްސް" ބަދަލުވަނީ، އަމިއްލަފުޅަށް ލިބިވަޑައިގަންނަވާ މަންފާގެ ބޮޑުކަމުންތޯ؟ / ސޯޝަލް މީޑިއާ

އަލީ އާދަމްގެ ރައްދެއް އާޒިމާއަށް: ކުރިއާ މިހާރުގެ "ތޯޓްސް" ބަދަލުވަނީ، އަމިއްލަފުޅަށް ލިބިވަޑައިގަންނަވާ މަންފާގެ ބޮޑުކަމުންތޯ؟

May 29, 2026, 06:31 PM
މާލެ ސިޓީ

އީދުގައި ކުޅޭ ވަކި ކުޅިވަރުތަކެއް ކުރިން ކަމުގޮސް، މިހާރު ހަމަ އެކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ އާއިލީ ވަކީލު އައިޝަތު އާޒިމާ ޝަކޫރަށް ކަމު ނުދަނީ މިހާރު އެކަމަނާއަށް ލިބިވަޑައިގަންނަވާ އަމިއްލަފުޅަށް ލިބިވަޑައިގަންނަވާ މަންފާގެ ބޮޑުކަމުންތޯ އައްސަވާ އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނައިބު އަލީ އާދަމުގެ ވަރުގަދަ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

Advertisement

އަލީ މިފަދައިން ހާމަކުރައްވާފައިވަނީ ފޭސްބުކްގައި ކުރައްވާފައި ޕޯސްޓެއްގައެވެ.

ޕީއެންސީގެ ކުރީގެ ރައީސް، އަދި މިހާރު އެ ޕާޓީގެ ޗެއަރޕާސަން ކަމުގައި ނަމެއްގައި ހުރި އަބްދުއްރަހީމު އަބްދުﷲ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފުލުހުންނާ މުޚާތަބުކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ހުރި މަންޒަރު ފެންނަ ވީޑިއޯއަކާ އަދި މި އަޟްހާ އީދުގައި ރަށެއްގައި، އިމާމުވެ އީދުނަމާދު އަބްދުއްރަހީމު ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ހިއްސާ ކުރައްވާ އަލިގގެ ޕޯސްޓުގައި ވަނީ،  އެ ދެ ވީޑިއޯއިން އެއިވޭ އަޑު ތަކާ މަންޒަރު ފެނުމުން، އީދުގެ ހުރުމަތާއި މުގައްދަސްކަން ކެނޑިގެން ދާއިރު އާޒިމާއަށް އެއްޗެއް ވިދާޅުވެ ލައްވަން ކެރިވަޑައި ނުގެންނެވިކަމަށް ވިދާޅުވެފައެވެ.

އެވީޑިއޯގަ ފެންނަހެން އިމާމުވެ އީދުނަމާދު އެކުރައްވަނީ އެ މުގައްދަސް ތަންތަނުގެ ޙުރުމަތް އޭގެ އެންމެ މަތީ ދަރަޖައަށް ކަނޑާލައްވާފައިވާ ބޭފުޅެއްކަން މި ދިވެހި ފަސްގަނޑުގައި ބޯ މައްޗަށް ޖަހައިގެން ނުހުންނާނެ ކަން އެއީ ދެބަސް ވެވޭނެ ކަމެއްނޫން ކަން ފާހަގަކުރައްވާ އަލީ ވަނީ، އާޒިމާގެ 2019 ގަ "ތޯޓްސް" ހުރި ގޮތާއި 2026ގެ "ތޯޓްސް" ތަފާތުވަނީ ހަމަ އިޙުލާސް ތެރި ކަމެއް އޮވެގެންތޯވެސް ނުވަތަ އަމިލަފުޅަށް ލިބިވަޑައިގަންނަވާ މަންފާގެ ބޮޑުކަމުންތޯވެސް ބަޔަކު ހަމަ ސުވާލު ކޮށްލުން ރަނގަޅު ކަމަށް ފެންނަ ކަމަށް ވިދާޅުވެފައެވެ.

އީދު ޙަރާބުވަނީ ސަކަ މިޒާޖުގައި ބަޔަކު އޭގައި އިނގިލި ދިއްކުރެވޭ ކަންތަކެއް ޚަބަރު ފަތުރާ ވަސީލަތް ތަކުން ރައްޔިތުންނާއި ހަމައަށް ގެނެސްދީފަ ވާތީ ނޫންތޯ އައްސަވާ އަލީ ވަނީ ދެން އޭނާ އެހެން ވިދާޅުވުމުން ގޯސްވެ ކުނި މިލަ ގޮވަންވީވެސް އޭނާއަށް ދިމާއަށްތޯ ވެސް އައްސަވާފައެވެ.

އަލީ މިފަދައިން ވިދާޅުވެފައިވާއިރު، މި އަޟްޙާ އީދުގައި ކުޅުދުއްފުށިން ނެރުނު މަށި މާލި ޕެރޭޑުގައި ގައުމުގައި ހިނގާފައި ހުރި އެކި އެކި ކަންކަމަށް ހަޖޫ ޖަހާ މާލި ނެރުމުން އާޒިމާ ވިދާޅުވެފައިވަނި "އެކަމަނާގެ އީދު އެކަމާ ގުޅިގެން ޚަރާބު" ވެއްޖެ ކަމަށެވެ.

އާޒިމާ ވިދާޅުވި ގޮތުގައި މުޅި ރާއްޖެއިން ފެންނަމުންދާ އީދުގެ އިޖުތިމާއީ އުފާވެރިކަމާއި އާއިލީ ރޫހު، މި ޕެރޭޑުގެ ސަބަބުން ކެނޑިގެން ގޮސްފައިވެއެވެ.

ޕެރޭޑުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ހުށަހެޅި ސިޔާސީ މަންޒަރުތަކާ މެދު އާޒިމާ ބޮޑު ނުރުހުމެއް ފާޅުކުރެއްވި ނަމަވެސް 2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރަށް ފާޑުކިޔާ ހަޖޫޖަހާ ކުޅުދުއްފުށިން ނެރުނު މަލިތައް އާޒިމާއަށް ވަރަށް ކަމުގޮސްގެން އެކަމަށް ތައުރީފުކޮށް ސޯޝަލް މީޑިޔާ ޕޯސްޓުތައް ކުރައްވާފައިވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved