March 22, 2026
Advertisement
ޓޫރިސްޓުން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނުނަގަން ނިންމައިފި
ޓޫރިސްޓުން އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނުނަގަން ނިންމައިފި / މިނިސްޓްރީ އޮފް ޓޫރިޒަމް

5 ޖެނުއަރީގެ ނިޔަލަށް ރާއްޖެއަށް 32.000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Jan 7, 2025, 06:42 PM
މާލެ ސިޓީ

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 32،000އަށް އަރައިފިއެވެ.

Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓްގައިވާ ގޮތުގައި މަަތިން ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 32،349 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތަކުގައި ރާއްޖެއަށް ޒިޔާރަތް ކުރީ 27,542 ފަތުރުވެރިންނެވެ. އެގޮތުން މިއީ 17.5 އިންސައްތަ ކުރިއެރުމެކެވެ.

ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ އިން ނެވެ. މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 16.9 އިންސައްތަ އަކީ ރަޝިއާ އިން ރާއްޖެ އައި ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ އިޓަލީ އާއި އިންޑިއާއިން. ނެވެ. އިޓަލީން އަންނަ ފަތުރުވެރިންގެ މާކެޓުގެ ހިއްސާއަކީ މިހާރު 15.3 އިންސައްތް. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާއިން ހިއްސާކުރަނީ 7 އިންސައްތަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved