

2025 ވަނަ އަހަރު ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރުމާއި ހަމައަށް ރާއްޖެއަށް 360 ސަހްޔޫނީ ފަތުރުވެރިއަކު ޒިޔާރަތް ކުރިކަމަށް ހާމަވެއްޖެއެވެ.
ދިވެހިރާއްޖެއިން ސަހްޔުނީ ޕާސްޕޯޓު މަނާ ކުރީ 300 އަށް ވުރެ ގިނަ ދުވަސް ފަހުން މި އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ކަން ފާހަގަ ކުރެވެއެވެ.
މިކަން ހާމަވެފައިވަނީ 13 އޮންލައިނުން އެކަން ސާފު ކުރުމަށް ފޮނުވި ރައިޓް ޓު އިންފޯމޭޝަން އާރްޓީއައި އަކާއި ގުޅިގެންނެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަ ކުރާ ގޮތުގައި ޖެނުއަރީ މަހު 97 މީހުންވަނީ ޒިޔާރަތް ކުރި އިރު 59 ސަހްޔޫނީ ފަތުރުވެރިން ރާއްޖެއަށް އެތެރެވިކަމަށް ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މާޗް މަހު 80 ސަހްޔޫނީ ފަތުރުވެރިން އައި އިރު އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 124 ސަހްޔޫނީ ފަތުރުވެރިއަކު ޒިޔާރަތް ކުރިކަމަށް އެ މުއައްސަސާއިން ހާމަ ކުރިއެވެ.
އެއާއިއެކު ޖުމްލަ 360 ސަހްޔޫނީ ރައްޔިތަކު ރާއްޖެއަށް މި އަހަރު އެތެރިވިކަން ހާމަކުރި އެވެ.
ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ހިސާބުތައް ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރިއިރު ސަހްޔޫނީ ފަތުރުވެރިންގެ އަދަދު ސިއްރު ކުރިކަން މީގެ ކުރިން ހާމަވެފައިވެ އެވެ.
ކުރިން އާންމު ކުރާ ހިސާބުތަކުގައި އީސްޓް މެޑިޓެރޭނިއަން ޔޫރަޕުގެ ދެ ގައުމެއްގެ ހިސާބު ވަކިން ހާމަކުރެއެވެ. އެއީ ސަހްޔޫނީންނާއި ތުރުކީއިން އަންނަ ފަތުރުވެރިންނެވެ. ނަމަވެސް ޖެނުއަރީ މަހުގެ ހިސާބުތައް އާންމު ކުރިއިރު އިޒްރޭލު އުނިކޮށް އިތުރުކޮށްފައި ވަނީ ސައިޕްރަސް އެވެ.