ރައީސް ޔާމީން / ޕީޕީއެމް
ހަބަރު
ޕީއެންސީގެ މަތީ ފަޑީގައި ތިއްބެވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ތާށިވެފައި ތިބި ބޭފުޅުން: ރައީސް ޔާމީން
Hussain Nawaf
ހުސައިން ނަވާފް
07 ޖެނުއަރީ 2025
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ މަތީ ފަޑީގައި ތިއްބެވި ގިނަ ބޭފުޅުންނަކީ މޯލްޑިވްސް މާކެޓިންްގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ތާށިވެފައި ތިބި ބޭފުޅުންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެމްއެމްޕީއާރުސީ މައްސަލަ ބެލުމަށް މި ސަރުކާރުގެ އެއްވެސް ހިޔާލެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ މައްސަލައަކީ ނުބެލޭނެ މައްސަލައެއްކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒުގެ މައްސަލަ ބައްލަވަން ހުއްދަ ދެއްވަން އެމަނިކުފާނުވަނީ ގޮވާލައްވާފަ އެވެ.

ދެން މިހިރީ އަދުރޭ. ރައީސް ޔާމީންގެ އެކައުންޓްގައި މިހާ ފައިސާ ހުއްޓޭ ބުނާ އިރު މި މީހުންނަކީ ރައީސް ޔާމީން އަތުން ފައިސާ ނެގި މީހުންނޭ ކަންކަމަށް. މި މީހުންނަކީ އަދީބު އަތުން އެއީ އެމްއެމްޕީއާރުސީ ފައިސާކަން އެނގި ހުރެ ނެގި މީހުން. ޕީއެންސީގައި މިހާރު އިސްފަޑީގައި ތިބި މީހުންގެ ތެރެއިން މަދު މީހުން ފިޔަވާ އެންމެން ތިބޭނީ އެ މައްސަލައިގައި ތާށިވެފައި.

- ރައީސް ޔާމީން

ސަރުކާރުގެ ގިނަ ބައިވެރިންދަނީ ވައްކަން ކުރަމުންކަމަށް ވިދާޅުވެ އެކަމާއި ގުޅިގެން ރައީސް ޔާމީންވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފަ އެވެ. އަދި ކުދި ސޯބު އެނބުރޭނީ ބޮޑެތި ސޯބު އެނބުރޭ ފަދައިންކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved