މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައު މިއަދު ފެނުނު ހުސައިން އަހުމަދު. / ޕޮލިސް
ހަބަރު
މަރުވެފައި އޮތް މީހަކު މާލޭގެ ގެއަކުން ފެނި, ޕޯސްޓްމޯޓަމް ހަދަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
07 ޖެނުއަރީ 2025
މާލެ ސިޓީ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނުނު މީހެއްގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މ. ތަރިވިލާގެ، ހުސެއިން އަހުމަދު ،41، އެވެ.

އޭނާ މަރުވުމާ ގުޅިގެން މިއަދު ހެނދުނު 9:53 ހާއިރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ހުސައިން އަހުމަދަކީ ތަފާތު އެކިއެކި މައްސަލަތަކާ ގުޅިގެން އެކި ފަހަރު މަތިން ހޯދަން ފުލުހުން ފޮޓޯއާ އެކު އާންމުކުރާ މީހެކެވެ. އެންމެ ފަހުން އޭނާ ހޯދަން ފުލުހުން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved