April 4, 2026
Advertisement
ރަޖުނީ: މީނާ އަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާ
ރަޖުނީ: މީނާ އަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔާ / ޕޮލިސް

އުސޫލާ ހިލާފަށް ރަޖުނީ ކަމެއް ނުކުރޭ, ވިނަރެސް ފްލެޓް ލިބުނީ އުސޫލުން: ޕޮލިސް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 9, 2025, 04:06 AM
މާލެ ސިޓީ

ވިނަރެސް ފްލެޓެއް ގަތުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ގޯހެއް ހަދާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

Advertisement

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރަޖުނީ ޝުއައިބަށް ވިނަރެސް ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

ވިނަރެސް ހައުސިން މަޝްރޫއުން އުސޫލާ ހިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު މައުލޫމާތާ ގުޅިގެން ރަޖުނީ މަސައްކަތުން އެކަހެރިކުރި އެވެ.

ފުލުހުން އޭރު ބުނި ގޮތުގައި، އެ ބަދަލު ގެނައީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މި ވަގުތު ކުރަމުން ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އަދި އެ ތަހުގީގަށް އެއްވެސް ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީން ކުރުމަށެވެ.

އެނގިފައިވާ ގޮތުގައި ރަޖުނީ ވަނީ ހުޅުމާލޭގައި ހުންނަ ޕޮލްކޯ ފްލެޓްތަކުގެ ތެރެއިން ވެސް ފްލެޓެއް ހޯދާފަ އެވެ. ރަޖުނީ ތިން މިލިއަނެއްހާ ރުފިޔާއަށް ފްލެޓް ގަނެފައިވާތީ އެއީ އޭނާ ކިހިނެއް ހޯދި ފައިސާއެއްތޯ އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ރަޖުނީއާ ގުޅޭ މައުލޫމާތުތަކެއް އާންމުވާން ފެށުމާ އެކު 21 ޑިސެމްބަރުގައި އޭނާ ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފަ އެވެ. ނަމަވެސް އެއީ އޭނާއާ ބެހޭގޮތުން ނުރަނގަޅު އަމަލެއް ފާހަގަވެގެން ނޫން ކަމަށާއި އެކަން ކުރީ ގޯތި މައްސަލައިގެ ތަހުގީގުގެ އިތުބާރު ހިފެހެއްޓުމަށް ކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އޭރު ވަނީ ވިދާޅުވެފަ އެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved