theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ބޯކޮށް ވާރޭވެހި މާލޭ މަގުމަތީގައި މިއަދު ފެންބޮޑުވެފައި. / ދައުރު
ހަބަރު
ގދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި
Mohamed Shahym
މުހައްމަދު ޝަހީމް
09 ޖެނުއަރީ 2025
މާލެ ސިޓީ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ގދ އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:45 އިން ފެށިގެން 11:00 އާއި ހަމައަށެވެ

މީގެ އިތުރުން، ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސް ދުވަސްވަރެއްކަމުން ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.

މޫސުމާއި ބެހޭ އިދާރާއިން މިއަދުގެ ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އެއިދާރާއިން ވަނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވިނަމަވެސް އެހެން ހިސާބުތަކަށް މޫސުން އާއްމު ގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved