އީފާސް މެދުވެރިކޮށް ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލަށް އިސްލާހު ގެންނަން އިލެކްޝަންސް ކޮމަޝަނުން ނިންމައިފިއެވެ.
ޕާޓީތަކަށް މިވަގުތު މީހުން ވައްދަމުން ގެންދަނީ އެ ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް ފިސިކަލް ފޯމު ހުށަހަޅައިގެންނެވެ. ނަމަވެސް ޑީއެންއާރުން މައުލޫމާތު ވައްކަންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ރުހުމާއި އެނގުމަކާއި ނުލާ ޕާޓީ ބަދަލުކޮށްފައިވާކަން ހާމަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކަމުގެ އަޑު ގަދަވެ ގިނަ އަދަދެއްގެ ރައްޔިތުންދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން އީސީން އެ ނިންމުން ނިންމާފައިވަނީ މި މައްސަލައަށް ހައްލެއް ގެނައުމަށްްކަމަށް މައުލޫމާތު ލިބެއެވެ. އެއާއެކު ދެން މީހުން ޕާޓީތަކަށް ވައްދާނީ އޮންލައިން ބައޮމެޓްރިކްސްގެ އެހީގައި އީފާސް ބޭނުންކޮށްގެނެވެ.
ޕީއެންއެފުންވަނީ ބުދަ ދުވަހު އީސީއަށް ގޮސް މި މައްސަލަ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ތިބީ އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައިކަމަށް ޕީއެންފުން މައުލޫމާތު ދިނެވެ.