March 19, 2026
Advertisement
އިންތިޚާބެއްގައި ވޯޓު ގުނަނީ
އިންތިޚާބެއްގައި ވޯޓު ގުނަނީ / ދަ އެޑިޝަން

މަޖިލީހަށް ވާދަކުރުމަށް އީސީއަށް މިހާތަނަށް 11 ހުށަހެޅުމެއް!

Aishath Naja
އައިޝަތު ނަޖާ
Feb 8, 2024, 05:25 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަން، (އީސީ)އަށް 11 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.

Advertisement

ހަބީބް ވިދާޅުވީ، ޖެނުއަރީ 30 ން ފެބުރުއަރީ ހަތް ވަނަ ދުވަހުގެ ނިޔަލަށް، މަޖިލީހުގެ އިންތިހާބަށް ކުރިމަތި ލެއްވީ 11 ބޭފުޅުން ކަމަށެވެ.

އެއީ، އަމިއްލަގޮތުން ހަ ބޭފުޅުންގެ އިތުރުން، އެމްޑީއޭގެ ތިން ބޭފުޅުންނާއި ޕީއެންސީ ދެ ބޭފުޅުން ކަަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

ހަބީބް އިތުރަށް ވިދާޅުވިގޮތުގައި އޭގެ ތެރެއިން 10 ހުށަހެޅުމެއް އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ، އެއް ހުށަހެޅުން ބަލައިނުގަނެފައިނުވެއެވެ.

މިހާތަނަށް އީސީއަށް ހުށަހެޅީ ގަމު ދާއިރާ އަށާއި، ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓަކާއި ހިތަދޫ އުތުރު ދާއިރާ އަަށް ހުށަހެޅި ދެ ހުށަހެޅުމެއްގެ އިތުރުން، އެމްޑީއޭގެ ފަރާތުން މީދޫ އަދި ވެލިދޫ ދާއިރާއަަށް ވާދަކުރެއްވުމަށް ހުށަހެޅި ދެ ހުށަހެޅުމާއި، މައްޗަންގޯޅި މެދު ދާއިރާ، ކޮލަމާފުށި ދާއިރާ، ވެލިދޫ ދާއިރާ، ބާރަށު ދާއިރާ އާއި ހޮޅުދޫ ދާއިރާއެވެ.

މާޗް 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އީސީން މިހާރު ހުޅުވާލާފައިވާއިރު، މަޖިލިހުގެ 93 ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު މިފަހަރު ވަނީ ހުޅުވާލަފައެވެ.

އެ ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved