ވިއްސާރަ ދުވަސްތަކަކަށްފަހު މިއަދުގެ މޫސުން ރަނގަޅު ނަމަވެސް، ކުރިއަށް އަނެއްކާވެސް އޮތީ ވިއްސާރަ ދުވަސްކޮޅެއް ކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފި އެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި އެންމެ އުތުރާއި އެންމެ ދެކުނު ނޫން އެހެން ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށާއި މި ވައްސާރަ ހޮނިހިރު ދުވަހާ ހިސާބަށް ދެމިގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
މިއަދު ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އަދި ރާޅުގެ އުސްމިނުގައި 2 ފޫޓާއި 4 ފޫޓު ހުރުން އެކަށީގެންވާ ކަމަށް މެޓްއިން ވަނީ ލަފާ ކޮށްފައެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވެ ގިނަ ގެތަކަށް ބޮޑެތި ގެއްލުންތަކެއް މިފަހުންވެސް ވަނީ ވެފަ އެވެ.
ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނަކަން ފާހަގަކުރެވިފައިވެ އެވެ.