އިންޑިއާގެ ޓުއަރިޒަމް ޕްރޮމޯޓުކުރުމަށް ރާއްޖޭގެ ރިސޯޓުތަކުގެ ހިތްގައިމު ފޮޓޯތައް ބޭނުުންކޮށްގެން ޓުއަރިސްޓުންނަށް އޮޅުވާލައިފިއެވެ.
އެގޮތުން އެކްސްގައި އިންޑިޔާ ސަރުކާރުގެ މިނިސްޓަރެއް ވަނީ ލަކްޝަދްވީޕު ޕްރޮމޯޓްކުރަން ރާއްޖޭގެ ފޮޓޯ ބޭނުންކޮށްފައެވެ. މިކަން ހާމަކޮށްފައިވަނީ އިބްރާހިމު ނަށީމް ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެގޮތުން ނަސީމް ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ ވަޒީރު ލަކްޝަދީޕު ނުވަތަ މަލިކު ކަމަށްބުނެ ޕްރޮމޯޓުކުރަން ބޭނުންކޮށްފައިވަނީ ރާއްޖޭގެ ފަސްތަރީގެ ރިސޯޓެއް ކަމަށްވާ ވަން އެންޑށް އޮންލީ ރީތިރަށް ރިސޯޓުގެ ބީޗުގެ ފޮޓޯތަކެއް ކަމަށެވެ. މީގެ އިތުރުން އިންޑިއާގެ އެ މިނިސްޓަރުވަނީ ރާއްޖޭގެ ތާޖު ހޮޓެލްސްގެ ރިސޯޓުތަކުގެ ފޮޓޯތައްވެސް ބޭނުންކޮށްފައެވެ.
އިންޑިއާގެ އާރތް އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖޫގެ މިއަމަލާއެކު މީސް މީޑިޔާގައިވަނީ މިއި ބޮޑު އޮޅުވާލުމެއް ކަމަށާ މިކަމަށް އިންޑިއާއިން ރާއްޖެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ތިން ނައިބަކާ މެދު ފިޔަވަޅު އަޅާފައިވާއިރު ރާއްޖޭގެ އިސްވެރިން އިންޑިއާގެ މިނިސްޓަރުގެ މި އަމަލު ކުށްވެރިކޮށް ރާއްޖޭގެ ދިފާއުގައި ބަސްބުނެ އިންޑިއާ ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އިންޑިއާއިން އެގައުމުގެ ޓުއަރިޒަމް ޕްރޮމޯޓުކުރަން ބޮޑު ވަޒީރު މޯދީ ވަނީ ދާދި ފަހުން މަލިކުގެ ހޭޅިފަށުގައި ކުރި ވީޑިއޯއެއް ކުޅެ އެކސްގައި ވައިރަލްކޮށްފައެވެ. އަދި އެއާއެކު އިންޑިއާއިން ވަނީ ރާއްޖެ ބޮއިކޮޓުކޮށް އިންޑިއާއަށް ފަތުރުވެރިން އައުމަށް ގޮވާލާފައެވެ. އެކަމުގެ ތެރެއިން ރާއްޖޭގެ ތިން ނައިބަކު ވަނީ އިންޑިއާގެ އެ އަމަލާ ދެކޮޅަށް ބަސްބުނެ ހިޔާލުފާޅުކޮށްފައެވެ. އެ ތިން ނަިއބުންނަށް ފިޔަވަޅު އެޅުމަށް އިންޑިއާއިން ގޮވަމުން ދިއުމާ އެކު ދިވެހި ސަރުކާރުން އެ ތިން ނައިބުން ސަސްޕެންޑްކޮށްފައިވެއެވެ. އެހެންކަމުން އިންޑިއާގެ ވަޒީރަކު ބޮޑު އޮޅުވާލުމެއް ރާއްޖޭގެ ފޮޓޯތަކެއް ބޭނުންކޮށްގެން ކުރިއަށް ގެންދާއިރު އިންޑިއާ ސަރުކާރު ހަނު އޮވެދީގެން ނުވާނެކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. އަދި ދިވެހި ސަރުކާރުން އެކަމާ ދެކޮޅަށް ތެދުވުމަސް ދަނީ ގޮވަމުންނެވެ.