ރައީސް ޔާމީން / ތޭރަ އޮންލައިން
ހަބަރު
ރައީސް ޔާމީނާއި އެކު ޕީއެންއެފްގެ ހާއްސަ ޖަލްސާއެއް މިރޭ އޮންނާނެ!
Hussain Nawaf
ހުސައިން ނަވާފް
12 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގަންނަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފި އެވެ.

އެ ޕާޓީން ހާމަކުރި ގޮތުގައި ޖަލްސާ އޮންނާނީ މިރޭ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގަ އެވެ. ޖަލްސާ ފެށޭނީ 8:45 ގައި ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެ އެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާއިރު އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެ އެވެ.

ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved