
ޢައިރު ޤާނޫނީ ޢަމަލްތައް ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ގޮވާލައިފިއެވެ.
މަސައްކަތް ކުރާނެ މާހައުލެއް ނެތިގެން ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ވަޒީފާއިން އިސްތިއުފާދިން ވާހަކަ ކުއޯޓް ކުރައްވާ ޑރ. ޖަމީލް ވަނީ އެކްސްގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ޑރ. ޖަމީލް ވިދާޅުވީ މިއީ މިހާރު ވަރަށް ބާރަށް ދެކެވޭ ވާހަކައެއް ކަމަށެވެ.
ވަޒީފާގެ ބިރު. ގާނޫނު އަސާސީއާއި ގާނޫނުތަކުން ދިވެހިން އެންމެ ބޮޑަށް ރައްކާކުރީ ވަޒީފާގެ ޙައްގުކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ވަޒީފާގެ ބިރު. ގާނޫނު އަސާސީއާއި ގާނޫނުތަކުން ދިވެހިން އެންމެ ބޮޑަށް ރައްކާކުރީ ވަޒީފާގެ ޙައްގުކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައިވާއިރު މިކަން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ޑރ.ޖަމީލް ވަނީ އިލްތިމާސްކޮށްފައެވެ.










