ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ޕީއެންސީއަކީ ރައްޔިތުން ނިދާފައި ހޭލާއިރު ޖަހައިގަނެގެން ދާ މިނިކާ ބާޒެއް: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖެނުއަރީ 2025
މާލެ ސިޓީ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަކީ ރައްޔިތުން ނިދާފައި ހޭލާއިރު ޖަހައިގަނެގެން ދާ މިނިކާ ބާޒެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވިދާޅުވީ ޕީއެންސީއިން ރައްޔިތުންނަށް ވަގަށް އެ ރައްޔިތުން އެ ޕާޓީއަށް ވައްދަމުން ދާ ދިއުމަކީ މަކަރާ ހީލަތާ ފޯޖަރީގެ ޖަރީމާތަކެއް ކަމަށާ އެކަންކަން ބަލަން ޖެހޭއިރު އެކަން ކުރާނެ މުއައްސަސާތަކެއް ވެސް ނެތް ކަމަށެވެ.

މީގެ އިތުރުން ޕީއެންސީއަކީ މިއަދު އެތައް ރައްޔިތުންނަށް ޖެހިފައިވާ މުސީބާތަކަށްވެފައިވާ ކަމަށާ މިއަދު ޕީއެންސީއިން ގެންދަނީ މުޅި ގައުމު ފަސާދަކުރަމުން ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށްވެސް ރައްކާތެރިކަމެއް ނެތް ކަމަށާ ޕީއެންސީގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކޮށްދޭނީ ކޮންބައެއް ކަމާ މެދު ވެސް ޑރ ޖަމީލު ސުވާލު އުފައްދަވާފައިވެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިމިވަނީ ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ޕީއެންސީއަށް ވަގަށް ވައްދާފައި އޮތުމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved