ޕީއެންސީ މައި ޖަގަހަ ހުޅުވުމުގެ ތެރެއިން / ސޯޝަލް މީޑިއާ
ސިޔާސީ
ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެފައިވަނިކޮށް ޕީއެންސީގެ އެސްޖީގެ މަގާމަށް ބަދަލު ގެނެސްފި
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖެނުއަރީ 2025
މާލެ ސިޓީ

ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެފައިވަނިކޮށް ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ބަދަލު ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ވެރިކަން ކުރާ ޕާޓީގެ އެސްޖީގެ މަގާމުގައި ހުންނެވި ޒީނާޒު އަދުނާނު އެ މަގާމުން ވަކިކޮށް މިހާރު އެ މަގާމަށް އައްޔަންކޮށްފައިވަނީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ވެސް ހުންނެވި މުއާޛު ޙަލީމެވެ.

ޒީނާޒު ވަކިކުރި ސަބަބު ޕީއެންސީ އަދި ހާމަނުކުރި ނަމަވެސް އެހެން އެކަންކުރިއިރު ޕީއެންސީއަށް ވަގަށް ވަރަށް ގިނަ މީހުން، އެމީހުންނަށް ނޭނގި ވައްދާފައިވާކަން ވަނީ ފެންމަތިވެފައެވެ. ޒީނާޒީއަކީ މި ސަރުކާރުގެ ސިޓީޒް އެންޑް ލޯކަލް ގަވަންމަންޓު މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝރީފު އުމަރުގެ އަނބިކަނބަލުންނެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަންޖެހޭނީ ޕާޓީގެ މެންބަރުންގެ މަޖިލީހުންނެވެ. ޕާޓީގެ މެންބަރުންގެ މަޖިލީހަކީ ޕާޓީ ހިންގުމުގެ މަސައްކަތް ކުރާ މަޖިލީހެވެ.

އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ އިދާރީ ގޮތުން ހިންގަންޖެހޭނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކީ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ.

ޒީނާޒު ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަނުކުރީ މެއި 24، 2024 ގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved