April 24, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

ޖީއެސްޕީ ޕްލަސް ކެނޑުމުގެ ބަދަލުގައި ލިބުނީ އެލްޖީބީޓީ ޕްލަސް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 13, 2025, 08:38 PM
މާލެ ސިޓީ

ޔޫރަޕުގެ ގައުމުތަކުން ދަޅު މަހަށް ނަގާ ޓެކްސް އުވާލުމަށް މަގު ފަހި ކުރަން ކަމަށް ބުނެ ސަރުކާރުން އެޅި ފިޔަވަޅާ އެކު ދިވެހީންނަށް ލިބުނީ އެއް ޖިއްސުން ގުޅުން ހިންގަން ތަރުހީބުދޭ ވަސީލަތެއް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި އެ ޖަލްސާގެ ސްޕީކާ ވާހަކަ ދެއްކެވި މައުޟޫއަށް އިންސާފުކޮށްދެއްވަމުން ދެއްކެވި ވާހަކައިގައެވެ.

އެގޮތުން މަލީހު ވިދާޅުވީ، ސަމޯއާ އެގްރިމަންޓުގައި ދިވެހި ރާއްޖެއިން ސޮއިކުރިއިރު އޭގެ އެއް ސަބަބުކަމަށް ސަރުކާރުން ހާމަކޮށްފައިއޮތީ، އިގްތިސޯދީ ދަތި ހާލަތުން އަރައިގަތުން ކަމަށާ އެ އެގްރިމަންޓުގައި ސޮއިކުރުމުން ޖީއެސްޕީ ޕްލަސް ކަނޑާލާނެ ކަމަށް ހާމަކޮށްފައިވާކަން މަލީހު ވިދާޅުވިއެވެ.

ނަމަވެސް އޭގެ ފަހުން ކަންކަން ހިނގަމުންދާ އުސޫލަށް ބަލާއިރު ފެންނަމުން ދަނީ ދަޅު މަހުގެ ޓެކްސް އުވާލުމުގެ ބަދަލުގައި މިގައުމުގައި ދީނާ ބީރައްޓެހި ކަންކަން އާންމުކުރުމަށް މަގު ފަހި ކުރަމުންދާ މަންޒަރު ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

މުއިއްޒު ފެންނަމުން މި ދަނީ "މޭން އޮފް ކޮންޓްރެޑީކްޝަން" ކަމަށް. ދަޅު މަހަށް ޔޫރަޕް ގައުމުތަކުން ނަނގާ ޓެކްސް، ޖީއެސްޕީ ކަނޑާލާނެ ކަމަށް ބުނި. މިހާ ނަމަވެސް ދިވެހި ރައްޔިތުންނަށް މި ލިބުނީ އެލްޖީބީޓީ ޕްލަސް. މުއއިްޒު އިތުރު ހަތަރު އަހަރަށް ބަހައްޓައިފި ނަމަ ރައްޔިތުންނަށް ލިބޭނީ ފައިދާތީ ނުވަތަ ގެއްލުންތޯ މިއަދު އެބަ ސުވާލު އުފެދޭ

މަލީހު

މަލީހު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު ދީނާ ޚިލާފުކަންކަން ނުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް ފެންނަމުން ދަނީ އެމަނިކުފާނު ސަމޯއާ އެގްރިމަންޓު ތަންފީޒުކުރަން ގިނަ ކަންކަން ކުރައްވަމުން ގެންދަވާ މަންޒަރުކަމަށް މަލީހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved