ޑީއެންއާރުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ކުރާ ޕާޓީއަށް ވަންނަން ވަގު ފޯމު ފުރީ ރައްޔިތުން އަމިއްލައަށް ކަމަށް ދޭހަވާ ފަދަ މޭރުމަކުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ވާހަކަފުޅު ދައްކަވައިފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ދައުރުން ބޭރު ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދުވެސް ޕީއެންސީއަށް ވަދެފައި އޮތީ އަމިއްލައަށް ފޯމު ފުރައިގެން ކޮށްޕިގަނެގެން ކަމަށާ އެކަން ފަހުން މީޑިޔާގެ ސަމާލުކަމަށް ގެނައީ ޑްރާމާ ކުޅުމުގެ ނިޔަތުގައި ކަމަށެވެ.
ފަލާހު ވަނީ މެމްބަރު ޒިޔާދަށް ވައްކަން ކުރި އަމިއްލައަށް ކަމަށް ބުނެ ތުހުމަތު އަމާޒުކުރައްވާފައެވެ.