މޫސުމަށް ސަމާލުވާ މެޓުން ވަނީ އެދިފަ / ޕޮލިސް
ހަބަރު
އާދަޔާހިލާފަށް ވައިގަދަވުމާއި ގުޅިގެން މެޓުން ހުދު ސަމާލު ނެރެފި!
Hussain Nawaf
ހުސައިން ނަވާފް
18 ޖެނުއަރީ 2025

އާދަޔާހިލާފަށް ވައިގަދަވުމާއި ގުޅިގެން މޯލްޑިވްސް މިޓިއޮރޮލިޖިކަލް ސާވިސަސް މެޓުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.


މިގޮތުން މޫސުމާއި ބެހޭ އިދާރާއިން ވަނީ ނ އަތޮޅުން ފެށިގެން ދ އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ މިއަދުގެ 12:30 އިން 18:30 އަށެވެ.


އެއިދާރާއިން ހާމަކުރި ގޮތުގައި، މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވެއެވެ.

މެޓުން މިއަދު ރާއްޖޭގެ މޫސުން ރަނގަޅުވާނެކަމަށް މީގެ ކުރިން ބުނިނަމަވެސް މިއަދު މި ހުދު ސަމާލުގެ އިތުރުން ރީނދޫ ސަމާލެއް ނެރުނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved