March 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ވަގު ފޯމުގެ ކަންކަން ހިންގަނީ ސީދާ ރައީސް މުއިއްޒު: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 17, 2025, 03:29 AM
މާލެ ސިޓީ

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވަގަށް މީހުން ވައްދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް އެނގިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފްގެ ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ޑީއެންއާރުގައި ހުރި މައުލޫމާތުތައް ބޭނުންކޮށް ރައްޔިތުންނަށް އެނގުމަކާ ނުލާ ސަރުކާރު ހިންގާ ޕާޓިއަށް ވެއްދުމުގެ ޒިންމާ ނަގަން ޖެހޭނީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށާ ނަމަވެސް އެމަނިކުފާނުގެ ނަޒަރުގައި އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ސީދާ ރައީސް މުއިއްޒު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ތަހުގީގީ އިދާރާތަކުން މިކަންކަން ތަހުގީގުކުރަން ޖެހޭނީ އިސްވެ ކަމަށަ ނަމަވެސް އަދިވެސް ޕީޖީއިން ވެސް މިކަމަށް އިސް ނުނަގާ ކަމަށާ ފުލުހުންވެސް އަމިއްލަ ފަރާތްތަކުން ހުށަހެޅި މައްސަލަތައް ބަލާނެ ކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީ އިހުސާން ކުރާ ކަމެއްތޯ. މީ ސީދާ މުއިއްޒު ކުރާ ކަމެއް. މިހުރީ އޭނާގެ ހޯމް މިނިސްޓަރު. ދެން މިހުރީ ކުރިގެ ޑިފެންސް މިނިސްޓަރުގެ އަންހެނުން. ދެން އެތާ ހުރީ ބޮޓޭކޯ. މުޅި ދައުލަތް ނޫން ތޯ މިއޮތީ. މީ ހުރިހާކަމެއްގެ ޒިންމާ އުފުލަން ޖެހޭ މީހަކީ ރައީސުލްޖުްމހޫރެިްޔާ. ރައީސުލްޖުމްހޫރިއްޔާ ނޭނގި މިވަރުކަމެއް ނުހިނގާނެ. މީ މުއިއްޒު މަގާމުން ދުރަށް ދާން ޖެހޭ ކަމެއް. މީގަ ޒިންމާ ހަމަ ފެއަރ އެންޑް ސްކެއަރ ރައީސުލްޖުމްހޫރިއްޔާ އުފުލަން ޖެހޭ.

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ދައުލަތުން ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކޮށް ކުރަނީ މައުލޫމާތު ލޯންޑަރ ކަމަށާ އެއަށް ވުރެ ބޮޑު ޖިނާއީ ކުށްެއް ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ދައުލަތަށް ގެއްލިގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved