February 20, 2026
Advertisement
ވިލުފުށި އުމރު ފާރޫގު މިސްކިތް ތެރޭގައި ކުޅިވަރު ކުޅެނީ
ވިލުފުށި އުމރު ފާރޫގު މިސްކިތް ތެރޭގައި ކުޅިވަރު ކުޅެނީ / ތޭރަގްރެފިކްސް

މިސްކިތެއްގެ ހުރުމަތް ކަނޑާލައިފި، މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވި!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 17, 2025, 08:10 PM
މާލެ ސިޓީ

ރާއްޖޭގައި ހުރި މިސްކިތެއްގެ ތެރޭގައި އަައުރަ ނިވާނުކޮށް ތިބެ ބިދޭސީންތަކެއް ވެސް ހިމެނޭހެން ބަޔަކު ކުޅިވަރު ކުޅެ މިސްކިތުގެ ހުރުމަތް ކަނޑާލައިފިއެވެ.

Advertisement

އެގޮތުން ތ.ވިލުފުށީގައި ހުންނަ މަސްޖިދުއް އުމަރު ފާރޫޤު މިސްކިތުގެ ތެރޭގައި އަންހެނުންނާ ފިރިހެންނުން މަސްހުނިވެ ތިބެ ކުޅިވަރު ކުޅޭ މަޖާ ނަގާ މަންޒަރު ފެންނަ ވީޑިއޯ ރޭގެ ވަގުތެއްގައި ވަނީ މީސް މީޑިޔާގައި އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގައި އެ ހަރަކާތެއް ހިންގާފައި ވަނީ ބިދޭސީންނެވެ. އެ ވީޑިއޯގައި ފެން އަޅާ ތައްޓެއް ބޮލަށް ލައިގެން ދެ މީހަކު ރޭސް ޖަހާ މަންޒަރު ފެނެއެވެ. އެ ތަނުގައި އެ ވަގުތު ލަވަ ވެސް ޖަހާފައި ހުރެއެވެ.

އެ ހަރަކާތްތައް އެ މީހުން ކުރިއަށް ގެންދިޔަ އިރުގައި މާތްﷲ ގެ ކަލާމްފުޅާއި ގުރުއާނުގެ އެކި ކުރެހުންތައް އެ އިމާރާތުގެ ތެރޭގައި ހުރި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށާފައިވަނި އިސްލާމިކު މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދު މީސް މީޑިޔާގައި ކުރެްވި ޕޯސްޓެއްގައި ވިދާޅުވީ، މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ އެމަނިކުފާނުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ފަށާފައިވާ ކަމަށާ މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
އާމިނަތު
Jan 18, 2025, 06:38 AM
ތިމައްސަލަ ބެލޭނެބާ
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved