މަލީހް ޖަމާލް / ތޭރަ އޮންލައިން
ސިޔާސީ
ޕީއެންސީން ވަގަށް މެމްބަރުން ވައްދަން ފެށީ އެ ޕާޓީއަށް ވަންނާނެ ރައްޔިތެއް ނެތުމުން: މަލީހު
Hussain Nawaf
ހުސައިން ނަވާފް
18 ޖެނުއަރީ 2025

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން ވަގަށް މެމްބަރުން ވައްދަން ފެށީ އެ ޕާޓީއަށް ވަންނާނެ ރައްޔިތެއް ނެތުމުންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޕީއެންސީން ވެރިކަމާއި ހަވާލުވި އިރު އެ ޕާޓީގައި ތިބީ 2988 މެމްބަރުންކަން މަލީހުވަނީ ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެ ޕާޓީއަށް މީހުން އިތުރު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރި ކަމާއި އޭގެ ތެރޭގައި ރަށްރަށަށް ދަތުރު ކުރުން ހިމެނޭކަމަށް މަލީހު ފާހަގަކުރެއްވިއެވެ. ނަމަވެސް ރައްޔިތުންދިނީ ޕީއެންސީން ހީ ކުރި ފަދަ ޖަވާބެއް ނޫންކަމަށް އެމަނިކުފާނުގެ ވާހަކައިގައި ފާހަކަ ކުރެއްވިއެވެ.

ރަށްރަށަށް ދިޔައިމަ މީހުން ބުނީ، ނޫން، ތިމަންނަމެން މި ތިބީ ޕީޕީއެމްގެ ސިޔާސަތު، ރައީސް ޔާމީންގެ ތަރައްގީގެ ސިޔާސަތު ގަބޫލުކޮށްގެންނޭ. ތިމަންނަމެން ބޭނުމެއް ނުވެޔޭ އެހެން ޕާޓީއަކަަށް ވަންނާކަށް އަމުދުން ޕީއެންސީއަކަށް ވަންނާކަށް ބޭނުމެތް ނުވެޔޭ އެތައް ރައްޔިތެއް މުއިއްޒުގެ ޓީމުތަކަށް ޖަވާބުދިން. އެތައް ބަޔަކު ބަޔަކު އަޅުގަނޑުމެންނަށް ގުޅާފައި އެބަ މައްސަލަ ޖައްސާ. އެހާ ހިސާބަށް ދިޔައިމަ ޕާޓީއަށް މީހުން ވަގަށް ވައްދަން ފެށީ.

- މަލީހު

އިތުރަށް ވާހަކަ ދައްކަވަމުން މަލީހުވަނީ ޑީއެންއާރުން ވައްކަން ކުރާ މައްސަލައަކީ ރައީސް މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ ކުރައްވާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވާފައެވެ. އަދި އެކަން ކުރީ އިލެކްޝަންސް ކޮމިޝަންވެސް ޕެރަލައިޒު ކުރުމަށްފަހުކަމަށް މަލީހު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved