March 26, 2026
Advertisement
ވައްޑެ ޕީއެންއެފް ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ވައްޑެ ޕީއެންއެފް ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އޮގަނައިޒްޑް ކްރައިމް ހިންގާ މީހުން: ވަހީދު

Hussain Nawaf
ހުސައިން ނަވާފް
Jan 18, 2025, 11:42 PM

ޕީޕްލަސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އޮގަނައިޒްޑް ކްރައިމް ހިންގާ މީހުންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ އަހްމަދު މުހައްމަދު ވަހީދު ވައްޑެ ވިދާޅުވެއްޖެއެވެ.

Advertisement

ވަހީދު މިފައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޕީއެންސީއަކީ އިރެއްގައި ހަރުދަނާ ލީޑާޝިޕެއްގެ ދަށުން ހިނގި ޕާޓީއެއް ނަމަވެސް ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ޕީއެންސީ ޖަހައިގަން ކަމާއި އެއީ ރާއްޖޭގައި އޮތް އެންމެ އޮގަނައިޒްޑް ކްރައިމް ހިންގާ މީހުންކަމަށް ވަހީދުގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

17 ނޮވެމްބަރު 2023ވަނަ ދުވަހު ރައީސް މުއިއްޒު ކުރެއްވި ހުވަޔާއި އެކު ދައުލަތުން ސްކޭމް ހިންގަން ފެށީ. މުއައްސަސާއަކަށް ފަހު މުއައްސަސާއެއްގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާންމުވެގެން އައިއްސަ.

ވަހީދު

މިއަދު ފެނިގެންްދަނީ ރައީސަކު ކުރާނެ އެންމެ ހަޑިހުތުރު އަމަލު ރައީސް މުއިއްޒު ކުރައްވާ މަންޒަރު ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އެއީ ނެތް ތާއީދެއް ދެއްކުމަށްޓަކައި ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުންކަމަށް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved