

ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި ގުޅިގެން ހުދު ސަމާލު ނެރި މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މިޓިއޮރޮލިޖިކަލް ސާވިސް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މެޓު އޮފީހުން ލަފާކުރާ ގޮތުގައި އދ އަތޮޅުން ފެށިގެން ދ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ.
Alert White for heavy rain and thunderstorms. pic.twitter.com/u0gvcslF18
— Maldives Meteorology (@MetMaldives) January 19, 2025
މެޓުން ހުދު ސަމާލު ނެރިފައިވަނީ މިއަދުގެ 13:00 އިން 18:00 އަށްކަން ފާހަގަކޮށްލެވެއެވެ.
ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް, އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.