ރާއްޖޭގެ ދެކުނުން އައިސް ލިބުން މެދުކެނޑުނީ އެ ތަނުގެ އައިސް ޕްލާންޓުގައި ކަރަންޓު މައްސަލައެއް ދިމާވެގެން ކަމަށް މިފްކޯއިން ބުނެފިއެވެ.
ގއ ކޫއްޑޫން އައިސް ނުލިބޭ ކަމަށް ބުނެ މަސްވެރިން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ކަރަންޓު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމާއި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް ދިނުމުގެ މަސައްކަތް ކުރާކަންވެސް މިފްކޯއިން ބުނެއެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކޮށްލެވުމަށް 13 އޮންލައިނުންވަނީ މިފްކޯ އާއި ގުޅާލެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް މީޑިއާ ކޯޑިނޭޓަރު ފޯނު ނުނެގުމުގެ ސަބަބުން އެކަންވަނީ ނުވެފައެވެ.
މަސްވެރިން ބޭނި މަސް އައިސް ނުލިބޭތީ އުކާލަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެކަމާއި ގުޅިގެން ގިނަ އަދަދެއްގެ މަސްވެރިންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.