March 10, 2026
Advertisement
ޒޭން ޔާމީން
ޒޭން ޔާމީން / ތޭރަ އޮންލައިން

ޕީޕީއެމްގެ ގްރާސްރޫޓުގައި ހަރަކާތްތެރިވި މެމްބަރުންނަކީ ޕީއެންއެފްގެވެސް މެމްބަރުން: ޒޭން

Hussain Nawaf
ހުސައިން ނަވާފް
Jan 20, 2025, 11:08 PM
މާލެ ސިޓީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ ގްރާސްރޫޓުގައި ހަރަކާތްތެރިވި މެމްބަރުންނަކީ ޕީއެންއެފްގެވެސް މެމްބަރުންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ވަގުތީ ރައީސް ޒެއިން އަބްދުﷲ ޔާމީން (ޒޭން) ވިދާޅުވެއްޖެއެވެ.

Advertisement

ޒޭން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޕީޕީއެމަކީ އަމާނާތެއްކަން ފާހަގަ ކުރައްވާ ޒޭން ވިދާޅުވީ މިއަދު ފެނިގެންދަނީ އެ އަމާނާތް ބޮލާލާ ޖަހައި ޕާޓީ އުވާލި މަންޒަރުކަމަށެވެ.

ދަންނަވަން މިއުޅެނީ، ޕީޕީއެމްގެ ގްރާސްރޫޓު 5 އަހަރު ދުވަހު އޮޕޮޒިޝަންގައި އޮވެ، އިބްރާހީމް މުހައްމަދު ސޯލިހުގެ ނުބައި ވެރިކަމާއި ދެކޮޅަށް މަގުމަތީގައި ކުރި ޖިހާދަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ގަބޫލުކޮށް ބަލައިގަންނަ ޖިހާދެއް. ޔޯ ޕްލޭސް އިސް ވިތް އަސް.

ޒޭން

މިއަދު ޕީޕީއެމް އޮތީ އުވާލާފައިކަމަށާއި ޕީޕީއެމްގެ ގްރާސްރޫޓު މެމްބަރުން ޕީއެންއެފާއި ގުޅުމަށް ޒޭން އިލްތިމާސްކުރައްވާފައިވެއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޒޭން ވިދާޅުވެފައިވަނީ ޕީއެންއެފުން މަގު މައްޗަށް ނުކުންނަ ދުވަސް ގާތްވެފައިވާކަމަށެވެ. އަދި ނިކުންނަން ޖެހިއްޖެނަމަ އެ ޕާޓީން އެކަމަށް ފަސްވެސް ނުޖެހޭނެކަން ޒޭން ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved