ޑީޕާޓްމަންޓުމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މަސައްކަތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ކަމަށް ބުނެ ނޫސްވެރިންނަސް ދައުވަތު ދިނުމަށް ފަހު، ނޫސްވެރިން ސުވާލުކުރަން ފެށުމުން ޑީއެންއާރުގެ ވެރިން ނުސްވެރިންނަސް ފިލައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޑީއެންއާރުގެ ތެރޭގެ މަސައްކަތް ކުރިއަށް ދާ ގޮތް ނޫސްވެރިންނަށް ދައްކާލަން ކަމަށް ބުނެ ނޫސްވެރިން ގެންދިއުމަށް ފަހު ޑީއެންއާރުގެ ވެރިން ވަނީ ޑީއެންއާރުން ކުރި ވައްކަން ކަމަށް ގިނަ ރައްޔިތުން ތުހުމަތުކުރަމުންދާ ދިއުމާ ގުޅިގެން ނޫސްވެރިން ސުވާލުކުރަން ފެށުމުން ފިލައިގެން ގޮސް ޑީއެންއާރުގެ ކޮޓަރިއަކަށް ވަދެފައެވެ.
އެގޮތުން ޑީއެންއާރުގެ ވެރިޔާ އަހުމަދު އާލީއާ އަދި ހޯމް މިނިސްޓްރީގެ ސްޓޭޓު މަޖީދުވަނީ ޑީއެންއާރުން ވަކި ސިޔާސީ ޕާޓީއަކަށް ޑީއެންއާރުގެ މީޓިން ރޫމު ސިޔާސީ މަސައްކަތް ކުރަން ދީފައިވާ ކަމަށާ އެއީ ކިހިނެއް ހިނގި ކަމެއްތޯ ސުވާލުކުރުމުން އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ނުދެއްވާ ފިއްލަވައިގެންވަޑައިގެންފައެވެ.
އެގޮތުން އާލީ ވިދާޅުވި ގޮތުގައި އޭނާ ފެންނަ ފޮޓޯއަކީ ޕިއްޒާ ކާން ދައުވަތު ލިބުމުން ވަޑައިގެންނެވި ދުވަހެއްގެ ފޮޓޯއެއް ކަމަށް ވިދާޅުވެފައެވެ. އެއާއެކު ނޫސްވެރިންވަނީ މަންޒަރުތަކުން އާލީގެ އަތުގައި ގަލަމެއް އޮތްކަން ފެންނަކަން ހާމަކޮށް އެކަމުގެ ތަފްސީލު ދިނުމަށް ވެސް އެދިފައެވެ.
ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން އާލީވެސް މަޖީދު ވެސް ވަނީ ނޫސްވެރިންގެ ސުވާލުތައް ބޮލާލާ ޖައްސަވާ ވަޑައިގެން ޑީއެންއާރުގެ ކޮޓަރިއަކަށް ވަދެ ފިލާފައެވެ. ފިއްލެވިއިރު ނޫސްވެރިންގެ މައިކުތައްވެސް އެ ބފުޅުންގެ އަތްޕުޅުގައިވީކަމަށްވެސް ނޫސްވެރިން ފާހަގަކޮށްފައިވެއެވެ.
މިފަދަ ކަމެއް ހިނގާފައި މިވަނީ ޕީއެންސީއަށް މީހުން ވެއްދުމަށް ހިންގި މެމްބަރޝިޕު ޑްރައިވްގެ ތެރެއިން ހޯމް މިނިސްޓްރީއިން ޑީއެންއާރުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް އެ ރައްޔިތުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.