ވަގަކަށް ހާސް ދުވަހޭ ވެރިއަކަށް އެއް ދުވަހޭ މިއީ ހަރު ބަހެއްގައި އޮންނަ ވާހަކައެކެވެ.
މިއަދު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 176 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝު ވިދާޅުވީ، ލޭންޑް ސެކްޝަނުން ގެއްލިގެން މިދިޔަ އެންމެ ޒަމާންވީ ރެޖިސްޓްރީތައް އޭގެ އެންމެ އިހުގެ ގަޟިއްޔާތަކުން ފެށިގެން އެންމެ ފަހާ ހަމައަށް އެ ބޭފުޅުންގެ އަތުގައި ކޮޕީ ހުރި ހުރިހާ އެއްޗެއް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އާ ގުޅިގެން އެ ޑޭޓާތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، އެ ކަމަކީ އެހާ ކުޑަކަމެއްގެ ގޮތުގައި ސިފަކޮށް ފަސޭހަ ކަމާ އެކު ދޫކޮށްލެވިގެންވާ ފަދަ ޖަރީމާއެއް ނޫން ކަމަށާ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމަށް ވުރެ ބޮޑު ކުށެއް ނޯންނާނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ޑީއެންއާރުގައި ރައްޔިތުން ދައުލަތަށް ނުހަނު އިތުބާރުކޮށް ރައްކާކޮށްފައި ހުރި އެލިޔުންތަކަކީ މިހާރު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ އެއްޗެއްހިއްސަށް ވެއްޖެ ކަމަށެވެ.
މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް ފޯމު ފުރާފާއިވާކަމުގެ އަޑު ގަދަވެފައިވާއިރު މިއީ ދެރަވަރުކަމެކެވެ.
ޑީއެންއާރުން ކުރި އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި ރޯދަ މަހުގެ ފަހު 10 ގައި އައިޑީ ކާޑް ދޫކުރާނީ އޭޕްރީލް މަހުގެ 1، 3 އަދި 8 ވަނަ ދުވަހު އެކަނި
ޕީއެންސީއިން ޑީއެންއާރުގައި ފޯމު ފުރިކަން އެއްބަސްވުމާއި ގުޅިގެން މަލީހު ކަންބޮޑުވުން ފާޅު ކުރެއްވުން