theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޓީމްއިން ވެސް ތިބީ ނޫސްވެރިންނާ އެކު! / ސޯޝަލް މީޑިއާ
ހަބަރު
ޓީމްއިން ވެސް ތިބީ ނޫސްވެރިންނާ އެކު!
30 ސެޕްޓެމްބަރު 2025
މާލެ ސިޓީ

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނޫސްވެރިންނާއެކު ތިބިކަން ހާމަކޮށްފިއެވެ.

ޓީމްއިން ވަނީ މިނިވަން މީޑިއާތައް ނެތިކޮށްލާ ބިލު ތަސްދީގުކޮށް އެ ގާނޫނަށް އަމަލުކުރަން އަވަސްވެގަނެފައިވާތީ އެކަމާ އެ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ޕޯސްޓެއްކޮށްފައެވެ.

ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން އެ ގާނޫނު އުވާލުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި ޓީމްގެ މެންބަރުން ތިބީ ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރުމުގެ ގޮތުން ނޫސްވެރިންނާއެކުގައި ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އެ އެސޯސިއޭޝަނުގެ މެމްބަރުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި ބެނާއެއް ހިފައިގެން ތިބި ފޮޓޯއެއް އާންމުކޮށް ޓިމްސްއިން ވަނީ، މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމާއި ރިސޯޓު ވޯކާސް ދެކޮޅު ކަން ހާމަކޮށްފައެވެ.

ރާއްޖޭގެ ނޫސްވެރިންނާ އެކު ޓީމް ދެމިއޮތްކަން ހާމަކޮށްފައިވާއިރު، ރާއްޖޭގެ ގިނަ ޖަމްއިއްޔާތަކުގެ އިތުރު ބައިނަލްއަގްވާމީ ފަރާތްތަކުންވެސް ދަނީ މެދުކެނޑުމެއް ނެތި އެ ގާނޫނު އުވާލުމަށާ މިނިވަން ނޫސްވެރިކަމަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.

ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ކޮންމެތާކުން ކޮންމެ ފަދަ ބަޔާނެއް ނެރުނު ނަމަވެސް ފަރުވާލެއް ނެތް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved