March 19, 2026
Advertisement
ޕީއެންސީއަށް މީހުން ވެއްދުމަށް ހިންގި ހަރަކާތުގެ ތެރެއިން -
ޕީއެންސީއަށް މީހުން ވެއްދުމަށް ހިންގި ހަރަކާތުގެ ތެރެއިން - / ސޯޝަލް މީޑިއާ

ވަގަށް މެމްބަރުން ވެއްދި މައްސަލަ އެޗްއާރުސީއެމަށް ވެސް ހުށަހަޅައިފި!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 22, 2025, 01:04 AM
މާލެ ސިޓީ

ޕީއެންސީއަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތަކުގެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލައެއް ހުށަހަޅައިފިއެވެ.

Advertisement

އެޗްއާރުސީއެމްއަށް އެ މައްސަލަ ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީއިންނެވެ. އެމްޑީޕީއިން ހާމަކޮށްފައިވާ ގޮތުގައި، މައްސަލަ ބަލައިދިނުމަސް އެދިފައިވާނީ އެއީ ރައްޔިތުންތަކެއްގެ އަސާސީ ހައްގަކަށް އަރައިގަނެ، ޒާތީ މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީއަށް މީހުން ވެއްދި މައްސަލައަކަށް ވުމުން ކަމަށެވެ.

ވަގު ފޯމުތައް ފުރައިގެން އާންމުން ޕީއެންސީއަށް ވެއްދި މައްސަލައިގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަންކަން ތަހުގީގުކޮށްދިނުމަށް އެދި ޕީޖީ އޮފީހަށާ ފުލުހުންގެ އިދާރާއަށް އަދި އިލެކްޝަން ކޮމިޝަންގައި ވެސް އެމްޑީޕީއިން ވަނީ ކުރިން އެދިފައެވެ.

ސަރުކާރަށް އެއް އަހަރު ވުމުގެ ކުރިން 75،000 މެންބަރުން ހަމަ ކުރުމަށް މިދިޔަ އަހަރު ހިންގި މެންބާޝިޕް ޑްރައިވްގެ ތެރެއިން ބައެއް މީހުންނަށް ނޭނގި އެ މީހުން ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތު އެ ޕާޓީއަށް ދަނީ އަމާޒުވަމުންނެވެ.

މިފަހުން ބައެއް ފަރާތްތަކަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ރެޖިސްޓްރީ ކޮށްފައިވާ މައްސަލަ ފެންމަތިވެފައިވާއިރު، ގިނަ ބަޔަކު ދަނީ އީސީން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމް އެޕްރޫވް ކުރުމުގައި އަމަލުކޮށްފައިވާ އުސޫލާއިމެދު ސުވާލު އުފައްދަމުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ސިޔާސީ ޕާޓީއެއްގެ މެންބަރުކަމަށް، ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ހުށަހެޅި ކޮންމެ ފޯމަކަށް ޖެހޭ އަދަދެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved