ހިތުގެ ބަލި މީހުން ދާއިމަށް ކާ އެއްވެސް ބޭހެއް އެސްޓީއޯގެ ބޭސް ފިހާރަތަކުން ނުލިބޭކަމުގެ ޝަކުވާ އިތުރުވެއްޖެއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ހިއްސާކުރި އާންމު ރައްޔިތަކު ބުނެފައިވާ ގޮތުގައި ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ ބޭހުގެ ތެރެއިން އެއްވެސް ބޭހެއް އެސްޓީއޯގެ އެއްވެސް ބޭސް ފިހާރައަކުން ލިބެން ނެތް ކަމަށާ އަދިި ބޭސް ނުލިބިގެން ބަލި މީހުން އެއް ފިހާރައިން އަނެއް ފިހާރައަށް ހިނގަން މަޖްބޫރުވެފައިވާ ކަމަށެވެ.
ދާއިމީކޮށް ބަލި މީހުން ކާން ޖެހޭ ބޭސްތަކެއް ނުލިބި ބަލި މީހުންނަށް ތަކުލީފުތަކެއް ކުރިމަތިވެފައިވާ ސަބަބު އޮޅުންފިލުވުމަށްޓަކައި އެސްޓީއޯގެ މީޑިޔާ ކޯޑިނޭޓާރ އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އެކަން ސާފުވާ ގޮތް ނުވެފައެވެ.
ހިތުގެ ބަލި މީހުން ދާއިމީކޮށް ކާން ޖެހޭ ބޭސް އެސްޓީއޯ ފާމަސީތަކުން ނުުލިބޭތަކުގެ ޝަކުވާ އިތުވެފައިވާއިރު، ހަކުރު ބަލީގެ މީހުން ދާއިމަށް ޖަހަން ޖެހޭ އިންސިއުލިން ވެސް ފެބްރުއަރީ މަހުން ފެށިގެން އާސަންދައިން ނުލިބޭނެ ކަމަށް ވެސް މައުލޫމާތު ކުރިން ލިބިފައިވެއެވެ.
މިކަން ކަށަވަރު ކުރުމަށް ތޭރަ އޮންލައިންގެ ފަރާތުން އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް ގުޅާ އެ ބޭސްތައް ލިބެން ހުރިތޯ ކަށަވަރުކުރިއިރު އެ ބޭސްތައް ލިބެން ނެތްކަން ވަނީ ފާހަގަކުރެވިފައެވެ.