March 19, 2026
Advertisement
.
. / ޕީއެސްއެމް

އެސްޓީއޯ އިން ވިއްކާ ތެޔޮ އަގު ބޮޑު ކުރުމަށްފަހު ފާޑުކިޔުން އަމާޒުވުމުން ކުޑަކުރިކަމަށް ބުނެ ދެއްކީ ދަޅަ

Yana Shareef
ޔާނާ ޝަރީފް
Mar 18, 2026, 06:15 PM

ރާއްޖެއަށް ތެޔޮ އެތެރެކުރުމާއި ތެލުގެ ހިދުމަތް ދިނުމުގައި އެއްވެސް ދަތިކަމެއް ނެތްކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް، ބާޒާރުގައި ތެޔޮ ލީޓަރެއްގެ އަގު މިހާރު ހުރީ 30 ރުފިޔާއަށް އުފުލިފައެވެ.

Advertisement

މި ބޮޑު ބަދަލު އައީ އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރުމަށް ނިންމައި، އެކަން އެފްއެސްއެމްގެ ޝެޑްތަކަށް އެންގުމާ ގުޅިގެންނެވެ. މިއާއެކު، މަސް ދޯނިފަހަރަށާއި ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ތެޔޮ ވިއްކާ އަގު އިންތިހާއަށް މަތިވެ، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި އެސްޓީއޯއަށް އަމާޒުވިއެވެ.

އާންމުންގެ ނުރުހުން ބޮޑުވުމާ ގުޅިގެން، އެސްޓީއޯ އިން ފަހުން ބުނެފައިވަނީ އަގު ބޮޑުކުރަން ނިންމި ނިންމުން ބާތިލުކޮށް، އަލުން ކުރީގެ އަގުގައި ތެޔޮ ވިއްކަން ފަށާފައިވާ ކަމަށެވެ.

ނަމަވެސް މިއީ އާންމުންގެ ލޮލުގައި އެޅުވި ދަޅައެއްކަން މިހާރު ވަނީ ހާމަވެފައެވެ. ތެޔޮ ގަންނަންދާ ފަރާތްތަކުން ބުނާ ގޮތުގައި، އަގު ހެޔޮކުރި ކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން އަދިވެސް ތެޔޮ ލިބެން ހުރީ ބޮޑުކުރި އަގުގައެވެ. މިއީ ސިޔާސީ ގޮތުން ފާޑުކިޔުންތަކުން ބަރީއަވުމަށް ދެއްކި ހަގީގަތެއް ނެތް ވާހަކައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved