March 18, 2026
Advertisement
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ޕޮލިސް ސްޓޭޝަން ކައިރީ
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ޕޮލިސް ސްޓޭޝަން ކައިރީ / ތޭރަ އޮންލައިން

ވަގު ފޯމުގެ މައްސަލަ އަވަސްކުރުމަށް އެދި ފުލުހަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 23, 2025, 12:50 AM
މާލެ ސިޓީ

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް މެންބަރުން ވެއްދުމުގެ ތެރޭގައި "ވަގު ފޯމު"ތަކެއް ފުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން އެދި ފުލުހަށް ގޮސްފިއެވެ.

Advertisement

އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ފުލުހަށް ދިޔައީ އިދިކޮޅު އެމްޑީޕީއެވެ. އެގޮތުން އެމްޑީޕީގެ ވަކީލުން ޓީމާ އަދި އެމްޑީޕީގައި އޮއްވާ ނޭނގި ޕީއެންސީއަށް ވެއްދި ކުރީގެ މެމްބަރު މުހައްމަދު ތޯރިގުވެސް ވަނީ އެ މައްސަލައިގެ ތަހުގީގު އަވަސްކޮށްދޭން އެދި ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ވަޑައިގެންފައެވެ.

މި މައްސަލައަކީ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާ ކަމަށް ފުލުހުން ވިދާޅުވި ކަމަށާ ނަމަވެސް ފުލުހުންގެ ފަރާތުން ރަސްމީ ބަހެއް މި ކަމުގައި ބުނާނީ ފުލުސް ކޮމިޝަނަރު އަލީ ޝުޖާއާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ފުލުހުން ވިދާޅުވި ކަމަށް ވެސް އެމްޑީޕީއިން ވަނީ ހާމަކޮށްފައެވެ.

އެމްޑީޕީގެ ފަރާތުން ވަކިވަކިން 96 ފަރުދެއްގެ މައްސަލަ ފުލުހަށް ހުށަހެޅި ކަމަށެވެ. އެ މައްސަލަތައް ތަހުގީގުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށްވެސް އެމްޑީޕީއިން ވަނީ ބުނެފައެވެ.

ނަމަވެސް މިހާތަނަށް އައިއިރު އަދި "ވަގު ފޯމު"ތަކުގައި ސޮއިކުރި އެއްވެސް ބޭފުޅަކާ ސުވާލުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވި ކަމަށްވެސް އެމްޑީޕީއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved