March 22, 2026
Advertisement
ޕީއެންއެފް ޖަލްސާއެއްގެ ތެރެއިން
ޕީއެންއެފް ޖަލްސާއެއްގެ ތެރެއިން / ތޭރަ އޮންލައިން

ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ

Hussain Nawaf
ހުސައިން ނަވާފް
Jan 23, 2025, 05:44 PM

ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕީއެންއެފްގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.


އެ ޕާޓީއިން ހާމަކުރާ ގޮތުގައި ޖަލްސާ އޮންނާނީ މިރޭ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މިރޭ 8:45 ގައި ކަމަށް ވެސް އެ ޕާޓީއިން ހާމަކޮށްފައިވެއެވެ.

ޕީއެންއެފުން ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތައް ބާއްވާ ހަފްތާގެ ދުވަސްތަކަށް ވަނީ މިހާރު ބަދަލު ގެނެސްފައިވާއިރު މިރޭގެ ޖަލްސާއަކީވެސް ވަރަށް ފޯރިގަދަވާނެ ޖަލްސާއެއް ކަމަށް ޕީއެންއެފުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން މިރޭގެ ޖަލްސާގައިވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާއިރު އެމަނިކުފާނުގެ ސިޔާސަތު ގަބޫލުކުރައްވާ ބިނާކުރަނިވި ފިކުރަށް ތާއީދުކުރައްވާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު އެދުމެކެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ.

ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved