March 20, 2026
Advertisement
ޕޮންގަލް ފެސްޓިވަލަށް ދައުވަތުދީފައިވާ ޕޯސްޓު
ޕޮންގަލް ފެސްޓިވަލަށް ދައުވަތުދީފައިވާ ޕޯސްޓު / ތޭރަގްރެފިކްސް

އިރުގެ ކަލާނގެއަށް ޝުކުރު އަދާކުރަން ފެސްޓިވަލްެ މާލޭގައި ބާއްވަނީ، ރާވާ ހިންގަނީ އިންޑިއާއިން، ފުލުހުން ހަނު!

Ali Haaji
އަލީ ހާޖީ
Jan 24, 2025, 06:49 AM
މާލެ ސިޓީ

އިރުގެ ކަލާނގެއަށް ޝުކުރުގެ އަދާކުރުމުގެ ގޮތުން އިންޑިއާއިން އިސްނަގައިގެން މާލޭގައި ބޮޑު ހަރަކާތެއް ހިންގަން ނިންމާފައިވާކަން ހާމަވެއްޖެއެވެ.

Advertisement

މިއަދު ( 24 ޖަނަވަރީ 2025) ވާ ހުކުރު ދުވަހުގެ ހެނދުނު 06:30 ގައި މާފަންނު ސްޓޭޑިއަމްގައި ކުރިއަށް ގެންދާ އެ ފެސްޓިވަލްގެ ދައުވަތު މިސްމީޑީޔާގައި ވެސް އެ ކަން އިން އިންތިޒާމުކުރާ ފަރާތުން ވަނި ޕޯސްޓުކޮށްފަ އެވެ.

އެގޮތުން "ޕޮންގަލް ފެސްޓިވަލް"ގެ ނަމުގައި ރާއްޖޭގައި ހުންނަ ރޯޔަލް ޓައިގާސްގެ ޖަމްއިއްޔާއިން އިސްނަގައިގެން އިންޑިއަން ހައިކޮމިޝަންއަ އަދި އިންޑިއަން ކަލްޗަރަލް ސެންޓަރ ގުޅިގެން ކުރިއަސް ގެންދިއުމަށް ހަމަ ޖެހިފައިވަ މި ފެސްޓިވަލް ބާއްވަން އުޅޭ ކަން ދިވެހި ނޫސްވެރިން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފި އެވެ.

އެގޮތުން ފުލުހުން ނޫސްވެރިންނަށް ހާއްސަކޮށްފައިވާ މީޑިޔާ ވަޓްސް އަޕް ގްރޫޕުގައި ނޫސްވެރިއަކު ވަނީ އެކަން ބާއްވަން އުޅޭ އިރު ސަރުކާރުން އެކަމާ މެދު އެލީ ފިޔަވަޅަކާ މެދު ސުވާލުކޮށްފަ އެވެ.

ނަމަވެސް ފުލުހުންގެ ޖަވާބެއް އެކަމުގައި ލިބިފައިނުވެ އެވެ.

"ޕޮންގަލް ފެސްޓިވަލް"އަކީ ހިންދޫ ދީނުގެ މީހުން އެމީހުން ގަބޫލުކުރާ އިރު ކަލާނގެއަށް ޝުކުރު އަދާކުރުމުގެ ސަގާފަތުގެ ތެރެއިން ކުރާ ކަމެކެވެ. އެއީ ޝިރުކުރގެ އަމަލަކަށްވީ ނަމަވެސް އެކަން ހުއްޓުވަން ސަރުކާރުން ފިޔަވަޅެއް އަޅާފައިވާކަންވެސް ހާމަކޮށްފައިނުވެ އެވެ.

ކަން މިހެން ހުރިއިރު ރާއްޖޭގެ ގާނޫނުތަކަށް ބަލާއިރު ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނު ބުނާ ގޮތުންވެސް މި ފަދަ ކަމެއް ރާއްޖޭގައި ބޭއްވުމަކީ މަނާކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved