March 22, 2026
Advertisement
މަހްމޫދު ޕީޢެންއެފް ޖަލްސާގައި ވާހަކަ ދައްކަނީ.
މަހްމޫދު ޕީޢެންއެފް ޖަލްސާގައި ވާހަކަ ދައްކަނީ. / ތޭރަ އޮންލައިން

ނުކުމެ މިހުރީ ގާސިމްގެ ޖީބުން މާމިގިލި ދާއިރާ މިންޖުކުރަން: މަހްމޫދު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 9, 2024, 11:21 PM
މާލެ ސިޓީ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މާމިގިލީ ދާއިރާއަށް ނުކުތުމަށް ނިންމީ އެ ދާއިރާ ގާސިމް އިބްރާހިމުގެ ނުފޫޒުން މިންޖުކުރަން ކަމަށް ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން އެ ދާއިރާއަށް ނުކުތުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މުހައްމަދު މަހްމޫދު ވިދާޅުވެއްޖެއެވެ.

Advertisement

މަޖިލިސް އިންތިހާބުގައި ޕީއެންއެފް ތަމްސީލުކުރާނެ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހގެ ރޭ ދަ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން މަހްމޫދު ބުނީ މާމިގިލި ދާއިރާއަކީ ވަކި މީހެއްގެ ތަރިކަ މުދަލަށް ހަދައިގެން އުޅޭ އުޅުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށާ ރައްޔިތުންވެސް ފައިސާގެ އަވައިގައި ނުޖެހި ދާއިރާގެ ތަރައްގީއާ ކުރިއެރުމަށް ވިސްނަން ޖެހޭ ކަމަށެވެ.

ރައީސް މައުމޫނުގެ ދައުރުވެސް ފެނުނު. ރައީސް ނަޝީދުގެ ދައުރުވެސް ފެނުނު. ދެން މިހާރު ރައީސް މުއިއްޒު. ފެންނަމުން ދަނީ މަހުޖަނުގެ އުނގަށް ވެއްޓެމުންދާ މަންޒަރު. ނަމަވެސް އެ އަވައިގައި ނުޖެހި މާމިގިލީ ދާއިރާ ބާކީ ނުކޮށް މަސައްކަތްކޮށްދެއްވީ ރައީސް ޔާމީން އެކަނި. އެހެންވެ މި ފިކުރުގައި ނުކުމެ މިހުރީ.

މަހްމޫދު

މަހްމޫދު މިފަދައިން ވިދާޅުވެފައިވާއިރު، ޖޭޕީ ލީޑަރު ގާސިމް އިބްރާހިމު މާމިގިލީ ދާއިރާގެ ގޮނޑި މެދުނުކެނޑި ފުރއްވާތާ ވަނީ ދިގު މުއްދަތެއް ވެފައެވެ. އަޑު ފެތުރިފައި އޮންނަ ގޮތުން ގާސިމް އަބަދުވެސް ގޮނޑި ކާމިޔާބު ކުރައްވަނީ ވޯޓު ގަނެގެންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved