ރާއްޖޭގެ ރިސޯޓެއް / ސޯޝަލް މީޑިއާ
ވިޔަފާރި
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 169,000އަށް އަރައިފި
Hussain Nawaf
ހުސައިން ނަވާފް
26 ޖެނުއަރީ 2025

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 169,000އަށް އަރައިފިއެވެ.


ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓްގައިވާ ގޮތުގައި މަަތިން ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 169,424 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 10.9 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން ނެވެ. މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 13.7 އިންސައްތަ އަކީ ޗައިނާ އިން ރާއްޖެ އައި ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ ރަޝިއާ އާއި އިޓާލީންނެވެ. ރަޝިއާއިން އަންނަ ފަތުރުވެރިންގެ މާކެޓުގެ ހިއްސާއަކީ މިހާރު 11 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިޓަލީން ހިއްސާކުރަނީ 9.8 އިންސައްތައެވެ.

ޑެއިލީ ޓުއަރިސްޓް އަރައިވަލްސް 25 ޖެނުއަރީ 2025 ގައި
ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved